އަނަންތާރާ ރިސޯޓާއެކު މިނިސްޓްރީ އޮފް ޖެންޑަރއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށް އަނަންތާރާ ރިސޯޓާއެކު މިނިސްޓްރީން އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އަނަންތާރާ ރިސޯޓާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫ.ގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް، އަނަންތާރާ ރިސޯޓްގައި އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުޞަތު ލިބި، މި ދާއިރާއިން ވަޒީފާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އަނަންތާރާ ދިގު ރިސޯޓު މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އަނަންތާރާ ރިސޯޓުގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ އެޑްރިއަން ސްޓޯޕްއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަލްފާޟިލާ ޝިދާތާ ޝަރީފްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން މުޖުތަމަޢުއަށް ނެރުމަށް ކުންފުނިތަކުގެ ޙިއްޞާ ވަރަށް މުހިންމު ކަމަށެވެ. އަދި މި ނަމޫނާ ފާއިތުވެ ދިޔަ އަހަރުތަކުގައި އަނަންތާރާ ރިސޯޓުން ދައްކަމުން އަންނަ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ވަގުތު ވެސް އަނަންތާރާ ރިސޯޓުގައި ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކޮށް ވަޒީފާ އަދާކުރަމުން ދާ ކުއްޖަކު ހުރި ކަން ފާހަގަކުރައްވައި، މި ފަދަ ފުރުޞަތުތަކުގެ ބޭނުން ކުދިން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވެސް މިނިސްޓަރ ޝިދާތާ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓްރީއާއި އަނަންތާރާ ރިސޯޓާ ދެމެދު މި ފަދަ އެމް.އޯ.ޔޫއެއްގައި މީގެ ކުރިން ވެސް ވަނީ ސޮއިކޮށްފައެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 2 ކުއްޖަކު އަނަންތާރާ ރިސޯޓުގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އަދި މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫއިން އިތުރު 3 ކުއްޖަކަށް މި ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
މީގެ އިތުރުން ވެސް އިތުރު ރިސޯޓުތަކާއި، ކުންފުނިތަކާއެކު މި ފަދަ އެމް.އޯ.ޔޫގެ ދަށުން މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.