ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ 35 އަންހެނުން: އިލެކްޝަންސް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ 35 އަންހެނުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ހަމަވެފައިވާ އިރު، އިންތިޚާބަށް ކުރިމަތިލާ 403 އެޕްލިކޭޝަނެއް އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

“ ކޮމިޝަނުން ކެންޑިޑަސީ ގަބޫލުކުރީ 395 ފަރާތެއްގެ އެޕްލިކޭޝަން. ”އެހެންކަމުން އެއްވެސް ބޭފުޅަކު ކެންޑިޑަސީ އަނބުރާ ނުގެންދާނަމަ، އިންތިޚާބުގައި ވާދަކުރާނީ 395 ބޭފުޅުން“ ޝަރީފް ވިދާޅުވިއެވެ.

395 ފަރާތުގެ ތެރޭގައި ހިމެނެނީ 35 އަންހެނުންނާއި 360 ފިރިހެނުން ކަމަށާއި އިންތިޚާބަށް ކުރިމަތިލީ އަންހެނުންގެ ޕަސަންޓޭޖަކީ 8.73 ޕަސަންޓު ކަމަށާއި ފިރިހެނުންގެ ނިސްބަތަކީ 91 ޕަސަންޓު ކަަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބަށް ކުރިމަތިލީ އަންހެނުންގެ ޕަސަންޓޭޖު ދަށްވެފައިވާ ކަމަށާއި 395 ފަރާތުގެ ތެރެއިން ޢުމުރުން 35 އަހަރުން ދަށުގެ މީހުންގެ ޢަދަދަކީ 71 ކަމަށާއި އޭގެތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 63 ފިރިހެނުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.