ތެލަސީމިއާ ކުއްޖަކަށްވީތީ އެބޯޓު ކުރެވިދާނެތަ؟

ފުރާނަ އެޅުއްވުމަށްފަހު ބަނޑުގައި އޮންނަ ކުއްޖާ އެބޯރޓްކުރުން ޙަރާމްކަމުގެ މައްޗަށް ފިޤްހު ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ. އެއީ ބަނޑުގައި ޣަރުބަގަތީއްސުރެ 120 ދުވަސް ވުމަށް ފަހުގައެވެ. ފުރާނަ އެޅުއްވުމަށްފަހު ކުއްޖާ އެބޯރޓްކުރެވޭނީ އެންމެ ޙާލަތެއްގައެވެ. އެއީ މަންމަގެ ފުރާނައަށް ނުރައްކާވާ ޙާލަތުގައި އެނޫން އެހެން ގޮތެއް ނެތިގެންނެވެ. (ބައްލަވާ” القوانين الفقهية/141 .)

ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވަނީ ފުރާނަ އެޅުއްވުމުގެ ކުރިން ކުއްޖާ އެބޯރޓްކުރުމާ މެދުގައެވެ. ރާޖިޙުވެގެންވާ ގޮތުގައި، ފުރާނަ އެޅުއްވުމުގެ ކުރިން ކުއްޖާ އެބޯރޓްކުރެވޭނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

1- ކުއްޖާގެ ސަބަބުން މަންމަގެ ފުރާނައަށް ނުރައްކާވުން ނުވަތަ ތަޙައްމަލުނުކުރެވޭ ޞިއްޙީ މައްސަލައެއް ކުރިމަތިވުން (މިކަން ކަނޑައަޅާނީ ކަމުގެ ތަޖުރިބާ ކާރު ޚާއްޞަ ޑޮކްޓަރުންނެވެ.)

2- އެއްވެސް ޝައްކެތްނެތް މިންވަރަށް، ކުއްޖާގެ ޖިސްމާނީ ބޮޑު ޢައިބެއް (އެ ޢައިބަކީ ފަރުވާކޮށްގެންވެސް ރަނގަޅުނުކުރެވޭ ފަދަ ޢައިބެއް) ހުރިކަމަށް އިތުބާރު ހިފޭ އެކަމާބެހޭ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ޔަޤީންކޮށް ދިނުން. (physically deformed foetus) މީގެ ތެރޭގައި ކުއްޖާގެ އެތެރެހަށީގެ ބައެއް ގުނަވަންތައް ފުރިހަމަ ނުވެ ހުރުންވެސް ހިމެނެއެވެ. މިސާލަކަށް ހިތާއި ފުއްޕާމެއާއި ކިޑްނީފަދަ ގުނަވަންތަކެވެ. އަދި ތެލަސީމިއާ ފަދަ ބައެއް ވިރާސީ ބަލިތައްވެސް ހިމެނެއެވެ. މިފަދަ ޢައިބެއް ހުރި ނަމަވެސް ފުރާނަ އެޅުއްވުމަށްފަހުގައި ނަމަ އެބޯރޓްކުރުން ހުއްދައެއް ނުވާނެއެވެ. (ބައްލަވާ: “فقه النوازل” (4/25) للدكتور محمد حسين الجيزاني. )

3- ކުއްޖާއަކީ އަންހެންކުއްޖާ ރޭޕްކުރުމުގެ ސަބަބުން ލިބުނު ކުއްޖެއްކަމުގައިވާނަމަ.

މުހިއްމު ނުކުތާތަކެއް
* ދަރީން ގިނަވުމުގެ ސަބަބުން ތަރުބިއްޔަތު ކުރަން އުނދަގޫވެދާނެތީ، މިހާރު ތިބި ކުދިންގެ ޢަދަދުން ފުދޭނެތީ، އިތުރު ކުއްޖަކަށް ޚަރަދު ކުރެވޭ ވަރުގެ ތަނަވަސްކަން ނެތަތީ، އިތުރުކުއްޖަކު ހޯދައިފިނަމަ ދިރިއުޅޭ ތަން ދަތިވެދާނެތީ، އިތުރު ކުއްޖަކު ހޯދައިފިނަމަ ލިބޭ އާމްދަނީން ނުފުދިދާނެތީ، ތަޢުލީމު ނުދެވިދާނެތީ މިފަދަ ސަބަބުތަކަށްޓަކައި ކުއްޖާ އެބޯރޓްކުރުމަކީ އެއްވެސް ޙާލެއްގައި، އެއީ ފުރާނަ އެޅުއްވުމުގެ ކުރިން ކަމުގައި ވިޔަސް ހުއްދަކަމެއް ނޫނެވެ. (ބައްލަވާ: الفتاوى الجامعة (3/1055) (

* ޒިނޭކޮށް ބަނޑުބޮނޑުވުމަކީ އެބޯރޓްކުރުން ހުއްދަވާ ސަބަބެއް ނޫނެވެ.

* ރޭޕްކޮށްގެން ބަނޑުބޮޑުވާ އަންހެން ކުއްޖާގެ ބަނޑުގައި އޮންނަ ދަރިފުޅު ފުރާނަ އެޅުއްވުމުގެ ކުރިން ވައްޓާލުން ހުއްދަކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާ ވިދާޅުވުމުގެ މާނައަކީ ޙަޤީޤަތުގައިވެސް އެއީ ރޭޕަކަށްވުމެވެ. އެހެނީ އަންހެން ކުއްޖާ ޝަރުޢީގޮތުން ހިފަންޖެހޭ ރައްކާތެރިކަމުގައި ނުހިފާ، އަމިއްލައަށް ހިލޭފިރިހެނުންނާ ރުހުމުގައި އެކަހެރިވެ ޒިނޭއަށް ހުށަހެޅިގަތުން އެއީ ރޭޕަށް ބެލެވޭނެ ސަބަބެއް ނޫނެވެ.

ފުރާނަ އެޅުއްވުމަށްފަހު ޝަރުޢީ ސަބަބެއް ނެތި ދަރިފުޅު އެބޯރޓްކުރުމަކީ އެކަމުގެ މައްޗަށް ގިނަ ޙުކުމްތަކެއް ބިނާވާ ކަމެކެވެ. އެ ޙުކުމްތަކުގެ ތަފްޞީލް މި ލިޔުމުގައި ވާނެއެވެ.

އައްޝައިޚް މުޙައްމަދު ޝާފިޢު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.