ބަސްބުނުމުގެ އިޚްތިޔާރު އުމުރުން ދުވަސްވީ މީހުންނަށް ހޯދައިދިނުމަށް ބާރުއަޅާނަން – މިނިސްޓަރ ޝިދާތާ

އުމުރުން ދުވަސްވީ މީހުންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުން ބަދަލުކޮށް، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި ބަސްބުނުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ހޯދައިދިނުމަށް ބާރުއަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
2019ވަނަ އަހަރަށް ރަންވޭލާ ކެމްޕޭން ފައްޓަވައި ދެއްވުމުގެ ގޮތުން މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގ ކޮންފަރެންސް ހޯލްގައި އިންތިޒާމުކުރެވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 70އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު މިނިސްޓްރީއަށް ހުށަހެޅުނު ކަމަށެވެ.

މިއީ ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި ނިސްބަތުން ބޮޑު އަދަދެއްކަން ފާހަގަކުރައްވައި، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލާނެ ފަރާތެއްނެތި، އިހުމާލުވުމުގެ މައްސަލަތައް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި ރިކޯޑު ނުކުރެވޭ ގިނަ މައްސަލަތައް މުޖުތަމަޢުގައި ހުންނާނެ ކަމަށާއި، އުމުރުން ދުވަސްވީ ބައެއް މީހުން ދުނިޔެ ދޫކޮށް ދަނީ އެ ހިތްދަތި ކަމުގައި ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ދިވެހިންނަކީ ޒަމާނުއްސުރެ އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ގަދަރަކާއި ލޯތްބެއް ބެހެއްޓި ބައެއް ކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ގޮތުން އެ ފަރާތްތައް ވެފައިވަނީ ޢާއިލާގެ ތެރޭގައި މުހިންމު ބައެއް ގޮތުގައި ކަމަށާއި، އެހެން ކަމުން މިއަދު ވެސް އެ ނަމޫނާ ދެއްކެވުމަށް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ. އަދި އެ ގުޅުން އެ ގޮތުގައި ހިފަހައްޓައި، ދެން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި މިނިސްޓްރީއާ ދެމެދު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކުރެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.