
އިސްލާމީ ޝަރީއަތުގައި އިންސާނާގެ ނަފުސުގެ ދަރަޖަ މަތިވެރި: ޚުޠުބާ
އިސްލާމީ ޝަރީއަތުގައި އިންސާނާގެ ނަފުސުގެ ދަރަޖަ މަތިވެރިކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ ﷲ ތަޢާލާ އުޑުތަކާއި ބިމުގައި ވާހާ ތަކެއްޗެއް އިންސާނުންނަށް ޚިދުމަތްކުރައްވާ އެކަލާނގެ ނިއުމަތްތައް ފާޅުވެގެންވާ ގޮތުގައާއި ވަންހަނާ ވެގެންވާ ގޮތުގައި އެބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފައިވަނީ އެތަކެތިން އެބައިމީހުން ހިތްހަމަ ޖެހުމާއި ފައިދާ ލިބިގަތުމަށް ކަމަށެވެ. އަދި އެކަލާނގެ އެބައިމީހުން ހެއްދެވި މަޤްޞަދު ހާސިލުކުރުމަށްޓަކައި ކަމަށެވެ.
މިއަދުގެ ޚުޠުބާގައި އިސްލާމީ ޝަރީއަތުގައި އިންސާނާގެ ނަފުސުގެ ދަރަޖަ މަތިވެރި ކަމާއި އެހެންކަމުން އިސްލާމް ދީނުގައި ނަފުސުގެ ރައްކާތެރިކަމަށް ބާރުއަޅައިފައިވާ މިންވަރުކަމަށްވެސް ވަނީ ބުނެފައެވެ. އަދި އިސްލާމީ ޝަރީއަތުގެ އެންމެހާ ހުކުމްތައް ބިނާވެފައިވަނީ އިންސާނާގެ މަސްލަހަތުތައް ރައްކާތެރިކޮށް، ނަފްސު ހިމާޔަތްކޮށް، ދެދުނިޔޭގެ ރައްކާތެރިކަމާއި ބާއްޖަވެރިކަމުގެ މައްޗަށް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.



