އުރީދޫގެ އިންސަރުކާރަށް، ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމްއެއް ހަދިޔާކުރުމަށް ނިންމައިފި

ރާއްޖޭގެ މުވާޞަލާތީ ކުންފުނި އުރީދޫގެ އިން ދިވެހި ސަރުކާރަށް، ސްމާރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމްއެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.

އުރީދޫގެ ބައިނަލްއަޤްވާމީގޮތުން ފާހަގަކޮށްލެވޭ އުނގަންނައިދިނުމުގެ ޕްލެޓްފޯމްކަމަށްވާ ސްމާރޓް ކެމްޕަސް މެދުވެރިކޮށް، ބަންދުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އަލުން މުޖުތަމަޢުއަށް ނިކުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް ތައްޔާރުކުރުމަށް ޚާއްޞަ ކްލާސްތަކެއް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭގެ ޔުނިވަރސިޓީތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްތަކުގެ މަގްސަދަކީ މުޖުތަމައުއަށް އަލުން ނިކުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ.

މިއަދު ހެނދުނު އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި މި ހަރަކާތް އުރީދޫގެ ސީއީއޯ ނަޖީބް ޚާން އިއުލާންކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް އާއި މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހް ޖަމާލް ބައިވެރިވެވަޑައިގެންނެވި ހާއްސަ ހަފްލާއެއްގައެވެ.

މި ހާއްސަ ހަފްލާގައި، ޑިޖިޓަލް މޯލްޑިވްސްއަށް އުރީދޫއިން ފޯރުކޮށްދޭ އެހީތެރިކަމަށް އަލިއަޅުވާލެވި، ވީހާވެސް ގިނަބަޔަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

”ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް މީގެކުރިން ލިބިފައިނުވާ ފަދަ އީޖާދީ ފުރުޞަތުތަކެއް ފަހިވެގެންދޭ. މި ހިންގޭ ތައުލީމީ ޕްރޮގްރާމްތަކުގެ ސަބަބުން، އަލުން މުޖުތަމައުއަށް ނިކުންނަ ޒުވާނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިކަމެއް ލިބޭނެ. ސްމާރޓް ކެމްޕަސް އަކީ އޮންލައިންކޮށް ތައުލީމް ހާސިލްކުރުމަށް ނުހަނު ބޭނުންތެރި ވަސީލަތަކަށް ވީ ހިނދު، ހިލޭ މި ޚިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.“ އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫއިން މައިކްރޮސޮފްޓްގެ ބައިވެރިވުމާއި އެކު، ކްލައުޑް މެދުވެރިކޮށް ފޯރުކޮށްދެވޭ ތައުލީމީ ސޮލިއުޝަންއެއް ކަމަށްވާ ’އުރީދޫ ސްމާރޓް ކެމްޕަސް‘ ތައާރަފްކޮށްފިއެވެ.

ސްމާރޓް ކެމްޕަސްއަކީ، އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، މައިކްރޮސޮފްޓް އިން އެޑިއުކޭޝަންއިން ފޯރުކޮށްދޭ ކްލައުޑް ޕްލެޓްފޯމް މެދުވެރިކޮށް ހިންގޭ ތައުލީމީ ސޮލިއުޝަންއެކެވެ. ސްމާރޓް ކެމްޕަސްގެ ޚިދުމަތް ބޭނުންކުރާ ދަރިވަރުންނާއި ޓީޗަރުން، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އުރީދޫގެ ހަލުވި G4 ނެޓްވާރކް މެދުވެރިކޮށް ގުޅާލެވި، އޮންލައިން އިންޓައެކްޓިވް ކްލާހެއްގައި ވަގުތުން ބައިވެރިވެވޭނެއެވެ.

މި މާހައުލުގައިވާ އިންޓައެކްޓިވް ވައިޓްބޯޑްއިން ވީޑިއޯ އާއި އޯޑިއޯ އަދި ޓެކްސް ޗެޓްކޮށް، ޕްރެޒެންޓޭޝަންތައް ހިއްސާކުރެވި، ޑޮކިއުމަންޓްތަކާއި ފޮޓޯތައް ދަރިވަރުންނާއި ޓީޗަރުންނަށް ފޮނުވޭނެއެވެ.

އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން، ސްމާރޓް ކެމްޕަސް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް  މޯލްޑިވްސް ޕޮލިޓެކްނިކްގެ ހިލޭ ތައުލީމީ ޕްރޮގްރާމްތައްވެސް ފޯރުކޮށްދެއެވެ.

އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުންދާނީ، އެންމެ ފަހުގެ އީޖާދީ ފުރުސަތުތައް ފަހިކޮށްދީ، އިތުރު ފުރިހަމަކަމެއް ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދިނުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.