މާސްޓަރ ކިޑް އަދި ޕެޓް މާސްޓަރގެ ވިޔަފާރި މާލޭގެ ތޮށިގަނޑުން ބޭރަށް…

މާސްޓަރ ކިޑް އަދި ޕެޓް މާސްޓަރ ގެ ވިޔަފާރު ފުޅާކޮށް ހުޅުމާލޭގައި 2 ފިހާރަ ހުޅުވައިފިއެވެ.

މި ދެ ފިހާރާއިގެ އޯނަރ އަޙްމަދު ނަޞީރު ޢަބްދުﷲ އެޓޯލް މިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭގައި މާސްޓަރ ކިޑް އަދި ޕެޓް މާސްޓަރގެ އިތުރު 2 ގޮފި ހުޅުވީ އެ އަވަށުގައި އުޅޭ ރައްޔިތުންނަށްވެސް ދޫންޏާއި މަސް އަދި އެތަކެއްޗަށް ބޭނުންވާ ކާނާއާއި އެހެނިހެން ސާމާނު ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭނާ އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ހުޅުވި 2 ފިހާރައިންވެސް މާލޭގައި ހުންނަ ފިހާރައިން ލިބޭ އަގުގައި ލިބޭނެ ކަމަށެވެ. އަދި މަހާއި ދޫނީގެ އިތުރުން ޕާޓީތަކަށް ބޭނުންވާ ގިނަ ސާމާނުވެސް ހުޅުމާލޭ ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. އަދި ކުޑަކުދިން ކުޅޭ ސާމާނާއި ތަފާތު އެކި ސާމާނުވެސް ލިބެން ހުންނާނެ ކަމަށެވެ.

Master 1

“ އަޅުގަނޑުމެންގެ 2 ފިހާރަ ހުޅުމާލޭގައި ހުޅުވީ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެވެސް މަތިން. މާލޭގެ ފިހާރައަށް އައިސް ބުނާނެ ހުޅުމާލޭގަ އެފަދަ (މަސް އަދި ދޫނި) ފިހާރައެއް ނެތީމަ ވަރަށް ދެރަވޭ. އެހެންވެ ކަސްޓަމަރުންނަށް ދިން ހަދިޔާއެއް މީ އަސްލު.“ އަޙްމަދު ވިދާޅުވިއެވެ.

އަޙްމަދު ވިދާޅުވީ އެންމެ ފުރަތަމަ ނިންމީ ދޫންޏާއި މަސް އެކަނި ވިއްކާ ފިހާރައެއް ހުޅުމާލޭގައި ހުޅުވަން ކަމަށާއި ނަމަވެސް މާލޭގެ ފިހާރައިން ލިބޭ ހުރިހާ ސާމާނެއް ވިއްކަން ނިންމީ ކަސްޓަމަރުންނަށް ހަދިޔާއެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ވިޔާފާރި މިހާރަށްވުރެވެސް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އަހްމަދު ވިދާޅުވިއެވެ.

Master 2 Master 5

މާސްޓަރ ކިޑް އަދި ޕެޓް މާސްޓަރގެ ވިޔަފާރިއަކީ ރާއްޖޭގައި ޚާއްޞަކޮށް މާލޭގައި ވަރަށް ނަން ހިނގާ ވިޔަފާރިއެކެވެ. ދޫންޏާއި މަސްމަހާމެހީގެ ތަފާތު ވައްތަރުތައް އެންމެ ފަސޭހައިން ލިބޭނީ ހަމައެކަނި މާސްޓަރ ކިޑް އަދި ޕެޓް މާސްޓަރއިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

Master 4

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.