އުރީދޫ މޯލްޑިވްސްގެ ”ފަތާލަމާ“ ޕްރޮގްރާމް ތަޢާރަފްކޮށްފި

އުރީދޫ މޯލްޑިވްސްގެ ”ފަތާލަމާ“ ޕްރޮގްރާމް ތަޢާރަފްކޮށްފިއެވެ.

މިއީ އުރީދޫ އަދި ސްވިމް މޯލްޑިވްސް ގުޅިގެން ކުޑަކުދިންނަށް ރައްކާތެރިކަމާއިއެކު ފަތަން ދަސްކޮށްދީ ނުރައްކާތެރި ހާލަތެއްގައި ކަންކުރަންވާ ގޮތް އުނގަންނައިދިނުމަށް ފެށި ސްވިމިންގ ކޭމްޕެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިގެންދާނެ މި ތަމްރީނު ޕްރޮގްރާމް ތަކުގައި ވާދަވެރިކޮށް ފެތުމުގެ އުކުޅުތައްވެސް ދައްކުވައިދީ ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެކަމަށް އުރީދޫ އިން ބުންޏެވެ.

ސްވިމް މޯލްޑިވްސް އިން ބ. އަތޮޅުގައި ކުރިއަށްގެންދަމުންދާ ”ބާ ކްރޯލް“ ގެ އިފްތިތާޙީ ހަރަކާތުގައި މިއަދު ހެނދުނު ފަތާލަމާ ސްވިމިންގ ކޭމްޕް ތައާރަފް ކޮށްދެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދުއާއި އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު އަދި ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމް އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޭމްޕުތައް ބޭއްވިގެންދާނީ ފެބްރުއަރީގެ ފުރަތަމަ ހަފްތާ ތެރޭގައި ބ. އަތޮޅުގެ ހަތް ރަށެއްގައެވެ. މީގެތެރޭގައި އޭދަފުށި، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކުޑަރިކިލު އަދި ކެންދޫ ހިމެނެއެވެ. އަދި ކުރިއަތް އޮތް އަހަރު ތެރޭގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި މި ކޭމްޕުތައް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

”އަޅުގަނޑުމެންގެ ރަށްތައް ވަށައިގެން ވަނީ ކަނޑު ކަމަށްވާއިރު، ދިވެހި ކުދިންނަށް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށްވެސް މުހިއްމުކަމެއް. ހަމައެހެންމެ، ފެތުމުގެ މައިދާނުގައި ވާދަކުރަން ބޭނުންވާ ކުދިންނަށް ހިއްވަރުދީ، އެކުދިންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް މަގުފަހިކޮށްދޭން ޖެހޭ. ފަތާލަމާ ޕްރޮގްރާމް ތައާރަފްކޮށް، ރާއްޖޭގެ ތަޖުރިބާކާރު ފެތުމުގެ ކޯޗުންގެ ހުނަރުތައް ކުރިއަށްއޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަކީ، މި ޕްރޮގްރާމްތަކުގެ އެންމެ މުހިއްމު މަޤްޞަދު.“ އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު ވިދާޅުވިއެވެ.

“ މޫދަށްގޮސް، ފަތާ އުޅޭއިރު، ރައްކާތެރިކަން ހޯދުމަށް ބޭނުންވާ އަސާސީ ހުނަރުތައް އަޅުގަނޑުމެންގެ ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، އުރީދޫގެ ފަތާލަމާ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ހަރަކާތެއް. އުރީދޫ އާއި އެކު، މި ޕްރޮގްރާމް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދެވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުމަށް ލޯބި ކުރާ ކުދިން އުފެދި، މުސްތަޤްބަލުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދޭނެ ހުނަރުވެރި ފެތުންތެރިން އުފެދިގެންދިއުން.“ ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމް ވިދާޅުވިއެވެ.

އުރީދޫ ކަލަރ ރަން، މަސްރޭސް އަދި ތަފާތު ކުޅިވަރުތަކަށް ފޯރުކޮށްދޭ އެހީތެރިކަން މެދުވެރިކޮށް، ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށްޓަކައި އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ސްވިމް މޯލްޑިވްސް ފަދަ ތަފާތު އެކި ޕާޓްނަރުންނާއި ގުޅިގެން، މި މަސައްކަތް ކުރިއަށްގެންދާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.