އެކްސިޑެންޓު ފަދަ ކަމެއް ދިމާވުމުން ކަންތައްކުރާނެ ގޮތެއް ގިނަ މީހުންނަށް ނޭނގޭ: މިނިސްޓަރ ނަހުލާ

އެކްސިޑެންޓު ފަދަ ކަމެއް ދިމާވުމުން ކަންތައްކުރާނެ ގޮތެއް ގިނަ މީހުންނަށް ނޭނގޭކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ޓްރެފިކަށް ހޭލުންތެރިކުރުވަން ޓްރާންސްޕޯޓު މިނިސްޓްރީން ކުރިއަށްގެންދާ ”މީތި ސަޅި“ ކެމްޕެއިން މިއަދު ހަވީރު ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ ވިދާޅުވީ ނުރައްކާތެރި ހާދިޘާއެއް ހިނގުމުން ފުރަތަމަ އެހީ ދޭން ކޮންމެ މީހަކަށްވެސް އެނގެން ޖެހޭކަމަށެވެ. އަދި ހުރިހާ އެންމެންވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަމަށެވެ.

މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވާތީ ކަންބޮޑުވުން ފާޅުކުރައްވާ މިނިސްޓަރ އައިޝާ ވިދާޅުވީ ފަރުދީ ޒިންމާ ނަގައިގެން ނަމަވެސް އެކަން ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެކަމުގައި އެހީތެރިވެދިނުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ކެމްޕެއިންގެ މަޤުޞަދަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުން ކަމަށާއި މި ކެމްޕެއިން މުޅި އަހަރަށް ބަހާލައިގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.