ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ކުޑަކުރެވޭނެ: ރައީސުލްޖުމްހޫރިއްޔާ

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަރަންޓުގެ އަގު ކުޑަކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި މިއަދު ޙަވާލުވެވަޑައިގެންނެވި އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) ވިދާޅުވެއްޖެެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ޤައުމާއި މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ 7 ވަނަ ރައީސް ވިދާޅުވީ ސަރުކާރުގެ ކަންކަމާ ގުޅޭ ގޮތުން ޝަކުވާ ކުރަން ބޭނުންވާ މީހުންނަށް އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމަށް ރައީސް އޮފީހުގައި އިންތިޒާމުތަކެއް ހަމަޖައްސައިދެއްވާނެ ކަމަށާއި ރައްޔިތުންނަށްޓަކައި ކޮށްދޭން ފަސް ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ޙައްޖުގެ އަޅުކަން ޕެންޝަން ފައިސާ އިން ކުރެވޭނެގޮތް ހައްދަވައިދެއްވާނެ ކަމަށާއި ދަނޑުވެރިކަމުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރެވޭނެ ކަމަށާއި ގްރީން ޓެކްސްގެ ފައިސާ ހަމައެކަނި ހޭދަކުރެވޭނީ ތިމާވެށީގެ މަސައްކަތްތަކަށްކަމަށެވެ. އަދި ބޯހިޔާވަހިކަން ހުރިހާ ރައްޔިތުންނަށް ދިނުމުގެ މަޝްރޫއު ފެށި، އެއަރ އެމްބިއުލާންސްގެ މަސައްކަތްވެސް ފެށޭނެ ކަމަށެވެ.

އެމަނިކުފާނުގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ ނަފުސާނީ ބަލީގެ ފަރުވާ ފެށޭނެ ކަމަށާއި ކައުންސިލްތައް ބާރުވެރި ކުރުވާ، އެ ބާރުތައް އަލުން ލިބިގެން ދާނެ ކަމަށެވެ. އަދި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވެން ފެށޭނެ ކަމަށާއި ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ފެށޭނެ ކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.