އެންމެ ރައްޔިތަކުވެސް ކަރަންޓުގެ އަލިން މަހުރޫމުވެފައި ހުރުމަކީ އަދުގެ ރައީސުލް ޖުމްހޫރިއްޔާ ސިޔާސަތެއް ނޫން: ޑީއެމްޑީ ލަމްޢާން

އެންމެ ރައްޔިތަކުވެސް ކަރަންޓުގެ އަލިން މަހުރޫމުވެފައި ހުރުމަކީ އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސިޔާސަތެއް ނޫން ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) މުޙައްމަދު ލަމްޢާން ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މި ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުއެކަނިވެސް ރާއްޖޭގެ 5 އަތޮޅަކަށް 5 ޖެނެރޭޓަރ ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޖެނެރޭޓަރތައް ޓެސްޓުކޮށް، އިންސްޓޯލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު Below Header ad

އޭނާ އިތުރަށް ވިދާޅުވީ މިފަހަރު ދުރާލާ ރަމަޟާންމަހަށް ވިސްނައިގެން މަސްކަތްތަކެއް ކުރެއްވި ކަމަށާއި އާދައިގެ މަހަކަށް ވުރެ ކަރަންޓު ބޭނުން ކުރާވަރުވެސް މި މަހު ގިނަވާނެތީ ކަރަންޓު ކެނޑިއްޖެއްޔާ ތަހައްމަލުކުރަން ޖެހޭ އުނދަގޫވެސް ބޮޑުވާނެ ކަމަށެވެ.

” ދެން ވަކި މަހަކަށް ނޫން އަބަދުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމެއް ކަރަންޓު ނުކެނޑި ޚިދުމަތް ލިބެމުން ދިއުން. ސްޕެއަރ އެއްނެތިގެން ޓެކްނިކަލް މީހަކު ނެތިގެން ޚިދުމަތް ލަސްވުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއްނޫން” އޭނާ ވިދާޅުވިއެވެ.

މުހައްމަދު ލަމްޢާން ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އަތޮޅުތެރޭގައި ދެމުންގެންދާ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގިނަމަސައްކަތްތަކެއްކުރަމުން އަންނަ ކަމަށާއި ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް 5 އިންޖީނެއް އަތޮޅުތެރެއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ދ. މީދޫއަށް 240 ކިލޯ ވޮޓު، ތ. ގުރައިދޫއަށް 600 ކިލޯ ވޮޓު، ލ. ގަމަށް 600 ކިލޯ ވޮޓު، ޅ. އޮޅުވެލިފުއްޓަށް 160 ކިލޯ ވޮޓު، އަދި ގއ. ނިލަންދޫއަށް 240 ކިލޯ ވޮޓުގެ ޖެނެރޭޓަރ ފޮނުވާފައިވާ ކަމަށް ލަމްޢާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.