10 އަހަރުން ދަށުގެ ކުދީންނަށް ކިޔަވައިދޭ އިރު މޫނު ދައްކަން ޖެހެނީ އެކަށީގެންވާ މާޙައުލެއްގައި ނަމަ!

މޫނު އަޅައިގެން ކިޔަވައިދެވޭ ގޮތަށް ނެރުނު މުދައްރިސުންގެ ސުލޫކީ މިންގަނޑުގެ އުޞޫލުގެ އިޞްލާޙުގައި ވާގޮތުން، 10 އަހަރުން ދަށުގެ ކުދީންނަށް ކިޔަވައިދޭއިރު މޫނު ދައްކައިގެން ކިޔަވައިދޭން ޖެހެނީ އެކަށީގެންވާ މާޙައުލެއްގައި ނަމައެވެ.

މިގޮތުނަ މިއިޞްލާޙުގައި ވަނީ،

އިޝްތިހާރު Below Header ad

އުމުރުން 10 (ދިހައެއް) އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ، މޫނުބުރުގާ އަޅާ މުދައްރިސުން މޫނު ހާމަ ކުރުމަށް އެކަށީގެންވާ މާޙައުލެއްގައި ކިޔަވައިދޭއިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަންވާނީ، ކާކުކަން އެނގޭ ގޮތަށް ސްޓާފް ކާޑު އަޅައިގެން، މޫނު ފެންނަ ގޮތަށް

ކަމަށެވެ. އެހެންކަމަށް ވާނަމަ އެފަދަ މާޙައުލެއް ކަމުގައި ބެލެވޭނީ މޫނު ހާމަކުރުން މަނާވާ ފަދަ ދީނީ ޙާލަތެއް ނުވަތަ އެކަމުގެ ބިރެއް ނެތް ޙާލަތެއްގައި އެފަދަ ތަނެއްގައެވެ.

މިގޮތުން ހިލޭ ފިރިހެނުން ނުވަންނަ، އަދި ކްލާސްރޫމު ތެރެ ބޭރަށް ނުފެންނަ ގޮތަށް ހުންނަ ބަންދު ކުލާސްތަކުގައި 10 އަހަރު ނުފުރޭ ބާލިޣު ނުވާ ތުއްތު ކުދީންގެ ކުރިމަތީ މޫނު ދައްކައިގެން ކިޔަވައި ދެވިދާނެ އެވެ. އަދި މިނޫން ޙާލަތްތަކުގައި މޫނުބުރުގާ އަޅައިގެން އަދި ސްޓާފް ކާޑު އަޅައިގެން ހުރެ ކިޔަވައި ދެވިދާނެއެވެ. މިމާއްދާ މިހާރު އޮތްގޮތުން ނަމަ މިގޮތަށް މާނަކޮށް ޢަމަލު ކުރުމުގެ އިޚްތިޔާރު ސުކޫލު ތަކަށާއި މުދައްރިސުންނަށް އެބައޮތެވެ. ނަމަވެސް މިމާއްދާއާއި ގުޅިގެން މާނަ ކުރާނެ އަދި ޢަމަލު ކުރާނެ ގޮތުގެ ސީދާ ތަފްސީލެއް އެޑިއުކޭޝަން މިނިސްޓްރީން އަދި ޢާއްމުކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.