ރާއްޖެ އައި ފަތުރުވެރިއަކު ބ. ކެންދޫ ހުކުރު މިސްކިތަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ..
ރާއްޖެ އައި ފަތުރުވެރިއަކު ބ. ކެންދޫ ހުކުރު މިސްކިތަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީދީފިއެވެ.
އެ އަތޮޅު އަނަންތަރާ ކިހަވައްވިލާ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލުމަށް ދިޔަ ސައުދީ ފަތުރުވެރިއަކު އެރަށު ހުކުރު މިސްކިތަށް ދީފައިވާ އެހީގެ ތެރޭގައި ހިމެނެނީ މިސްކިތުގައި އަޅާ ކާޕެޓާއި އެއަރ ކަންޑިޝަނާއި ސައުންޑް ސިސްޓަމް އެކެވެ.
ކެންދޫ ކައުންސިލުން ބުނީ މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައި އެ ރަށަށް ދިޔަ ސައުދީ ފަތުރުވެރިޔާ އެ ރަށު މިސްކިތް ބެލުމަށް ފަހު ދޭން ނިންމި ތަކެތި ކަމަށާއި އެ ތަކެތި ސީދާ ސައުދީ އަރަބިއްޔާއިން ރާއްޖެ ފޮނުވީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.
އަދި ކެންދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އެތަކެތި މިހާރު އެބަހުރި ކަމަށާއި އަންނަ ރޯދައިގެ ކުރިން އެތަކެތި މިސްކިތުގައި ބޭނުންކުރަން ފެށޭނެ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.