ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ސަޢޫދީ ރަސްގެފާނަށާއި ވަލީއަޙުދަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށާއި އެ ޤައުމުގެ ވަލީއަޙުދު ހިޒް ރޯޔަލް ހައިނެސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށާއި އަދި އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ތަހުނިޔާ ވިދާޅުވެ މެސެޖު ފޮނުއްވައިފިއެވެ.

 ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ވަލީއަހުދަށް ފޮނުއްވި މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާއަކީ ޤައުމުގެ ކުރިއެރުމާއި، ސުލްޙަމަސަލަސްކަމުގައްޔާއި، ތަރައްޤީގެ ރޮނގުގައި ހަމަހަމަކަން ގާއިމްކުރުމުގައި ފާހަގަކޮށްލެވޭ ގައުމެއްކަމުގައި ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި ޤައުމުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތަކަށާއި، ދާއިމީ މަންފާތައް ލިބިދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

 ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މިއަދު މި ފާހަގަކުރާ ޤައުމީ ދުވަހަކީ ސަޢުދީ ސަރުކާރާއި، ރައްޔިތުން ގުޅިގެން 2030 ގެ ތަޞައްވުރު ހާސިލްކުރުމަށް އައު އަޒުމަކާއެކު މަސައްކަތް ކުރުމަށް މުނާސަބު ދުވަހެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ވަލީއަޙުދުގެ ޒަޢާމަތުގައި ސަޢުދީ އަރަބިއްޔާ ކުރިއައަރާގޮސް އާހަރުފަތްތަކަކަށް ވާސިލްވާނެކަމަށް ޔަޤީން ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

 ރައީސުލްޖުމްހޫރިއްޔާ ސަޢުދީ ޢަރަބިއްޔާގެ ވެރިންނަށް ފޮނުއްވި މިމެސެޖުގައި އެމަނިކުފާނު ވަނީ ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާއި ދެމެދުގައި އޮތް 37 އަހަރުވީ ޒަމާންވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެ އެކުގައި އާ މަޝްރޫޢުތަކަކާއިއެކު ކުރިއަށްދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.