
ބްރިޖު މިއަދުގެ ވަކިގަޑިތަކެއްގައި ބަަންދު
ވީއައިއޭގެ އާ ރަންވޭ ހުޅުވާތީ ސިނަމާލެ ބްރިޖު މިއަދުގެ ވަކިގަޑިތަކެއްގައި ބަަންދެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ ހުޅުވާތީ ސިނަމާލެ ބްރިޖު މިއަދުގެ ވަކިގަޑިތަކެއްގައި ބަަންދުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ފުލުހުންބުނީ ސިނަމާލެ ބްރިޖު ބަންދުކުރުމަށް ނިންމާފައިވަނީ މިއަދު 15:15 އިން 16:15އަށް ކަމަށެވެ. އަދި 17:30 ން 18:30 އަށް ކަމަށެވެ.
ވީއައިއޭގެ އާ ރަންވޭ މިއަދު ހުޅުވުމަށް ނިންމާފައިވާ އިރު، އާ ރަންވޭއަށް ފުރަތަމަ ޖެއްސުމަށް ނިންމާފައިވަނީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށް ތައްޓާއި ރަންެޑެލް ހިފައިގެން އަންނަ މަތިންދާ ބޯޓެވެ.
ރާއްޖޭގެ ޤައުމީ ޓީމު ހޯދި ކާމިޔާބީ ފާހަގަކޮށް ޓީމަށް މަރުޙަބާ ކިޔުމަށް ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އަދި މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައިވަނީ ހަމަޖައްސާފައެވެ.



