ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން 6 ކުއްޖަކު މި އަހަރު ފޮސްޓަރކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން 6 ކުއްޖަކު މި އަހަރު ފޮސްޓަރކޮށްފިއެވެ.

އޮގަސްޓު މަހުގެ 31ގެ ނިޔަލަށް ފޮސްޓަރކުރުމަށް ޢާއިލާތަކާ ޙަވާލުކުރެވުނު ކުދިންގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ފިޔަވަތީގެ 6 ކުދިންނެވެ. އެއީ އުމުރުން 5 މަހާއި 11 އަހަރާ ދެމެދުގެ 3 ފިރިހެން ކުދިންނާއި 3 އަންހެން ކުދިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފޮސްޓަރކުރެވުނު ކުދިންގެ އިތުރުން، މި މުއްދަތުގެ ތެރޭގައި 10 ކުއްޖަކު ވަނީ އެ ކުދިންގެ ޢާއިލާތަކާ ރީއިންޓަގްރޭޓްކުރުމުގެ ތެރެއިން ޙަވާލުކޮށްފައެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ ފިޔަވަތި އަދި ވިލިމާލޭގައި ގާއިމުކުރެވިފައިވާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 8 މަހާއި 17 އަހަރާ ދެމެދުގެ 6 ފިރިހެން ކުދިންނާއި 4 އަންހެން ކުދިންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ފޮސްޓަރކުރުމަށް އަދި ރީއިންޓަރގްރޭޓްކުރުމަށް ނިންމަނީ ފޮސްޓަރކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޤާބިލު ފަރާތްތައް ދެނެގަތުމަށް ފަހު ފޮސްޓަރ ޕެނަލުންނެވެ. ފޮސްޓަރ ޕެނަލަކީ މިނިސްޓްރީއާއި ކަމާބެހޭ ދާއިރާތަކާއި މަދަނީ ޖަމުޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ހިމެނޭގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އެކުލަވައިލައިފައިވާ ކޮމިޓީއެކެވެ.

ކުދިންނަށް އެންމެ ރަނގަޅީ ޢާއިލާއެއްގެ ލޯތްބާއި އަޅައިލުމާއެކު ބޮޑުވުންކަމުގައިވާތީ ”ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރުމާ ބެހޭ އުސޫލު“ގެ ދަށުން ކުދިން ފޮސްޓަރކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ޝަރުޠުތަކެއްގެ މަތިން ކުދިންގެ ބެލެނިވެރިކަން އަންނަނީ ޙަވާލުކުރެވެމުންނެވެ.

ފޮސްޓަރ ޕެނަލް މެދުވެރިކޮށް މިދިޔަ އަހަރު ވެސް 7 ކުއްޖަކު ފޮސްޓަރކޮށް، 20 ކުއްޖަކު ރީއިންޓަރގްރޭޓްކުރެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.