އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕް ޑޭ ފާހަގަކުރުމުގެ ގޮތުން ދިރާގު، އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް މުވައްޒަފުންގެ ބޮޑު ހަރަކާތެއް!

އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕް ޑޭ ފާހަގަކުރުމުގެ ގޮތުން ދިރާގު، އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް ގެ މުވައްޒަފުން ބޮޑު ހަރަކާތެއް ހިންގައިފިއެވެ.

މިގޮތުން ހުޅުލޭ ހުޅަގު ފަރާތުގެ ތޮއްޓާއި ގޮޑުދޮށް ހިމެނޭގޮތަށް 1200 މީޓަރަށްވުރެ  ދިގު ސަރަހައްދެއްވަނީ ސާފުކޮށްފައެވެ.  މި ހަރަކާތުގެ މައިގަޑު މަގުސަދަކީ މޫދަށް އުކާލެވޭ ޕްލާސްޓިކު ކުނި ތިމާވެށީގައި ހަލާކުނުވެ ހަރުލާފައި ހުންނަ ހުރުން ބައިވެރިންނަށް ތަޖުތިބާ ކުރެވި މުވައްޒަފުން ގުޅިގެން އެސަރަހައްދު ސާފުކޮށް، މައްސަލައިގެ ބޮޑުކަން މުޖުތަމަޢުއަށް ތަޞައްވަރު ކުރުމެވެ. މި ހަރަކާތުގެ ތެރެއިން މިއަދު ވަނީ 1.5 ޓަނުގެ ޕްލާސްޓިކް ކުނި ނަގާފައެވެ. އަދި މިތަކެތި ކިރާލުމަށްފަހު ރީސައިކަލްކުރުމަށް  ޕާލޭމޯލްޑިވްސް އާއީ ވަނީ ހަވާލުކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ރަޝީދު، އެމްއޭސީއެލް ގެ ޑެޕިއުޓީ ޗީޕް އޮފިސަރ މުހައްމަދު ނިޔާޒު އަދި ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޝާހީނާ އަލީ ބައިވެރިވެވަޑައިގެންނެވި މިއަދުގެ މިހަރަކާތުގައި  200 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ސެންޗޫރިއަން، ޑައިވަރސް ލޮޖް، މޫދުބުޅާ، ޑައިވްޑެސްކް އަދި ޑައިވްސްކޫލް ވޮލަންޓިއަރުން ވެސް ބަނީ ބައިވެރިވެފައެވެ.

viber dimage

ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރުމުގައި އަދި ވަކިން ހާއްސަކޮށް އެއްފަހަރު ބޭނުންކޮށް އުކާ ޕްލާސްޓިކް މަދުކުރުމަށް ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމަޢު އަށް ހޭލުންތެރިކަން އިތުރު ކުރުމަށް ދިރާގުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި ޔުނައިޓެޑް ނޭޝަންސްގެ ސަސްޓައިނަބަލް ޑިވެލެޕްމެންޓް ގޯލްސް، ލައިފް ބިލޯ ވޯޓަރ އަދި ރެސްޕޮންސިބަލް ކޮންސަމްޕްޝަން އަށް ދިރާގުން އެއްބާރުލުން ދެމުން ގެންދެއެވެ. އަދި ޕާލޭ މޯލްޑިވްސް އާއި ގުޅިގެން ”ފޮ ދަ އޯޝަންސް“ ގެ ދަށުން ދިރާގުން މަސައްކަތް ކުރަމުންދެއެވެ.

ޕާލޭގެ މަގުސަދަކީ ކަނޑުތަކުގެ ނާޒުކު ފުރިހަމަކަމާއި މުހިންމުކަން އަންގައިދެމުން މިކަންކަން ދެމެހެއްޓުމަކީ ތިމާގެވެސް ޒިންމާއެއް ކަމުގައި ބަލައިގަނެ ކަނޑުތަކަށް ދެވޭ ގެއްލުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެންމެންނަށް އަންގައިދީ ބާރުއެޅުމެވެ.

ދިރާގު، އެމްއޭސީއެލް އަދި ޕާލޭ މޯލްޑިވްސް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ ތިމާ އެއްފަހަރު ބޭނުންކޮށް އުކާ ޕްލާސްޓިކާ މެދު ވިސްނާ މިފަދަ ޕްލާސްޓިކު ބޭނުން ކުރުން މަދު ކުރުމަށް އަމިއްލަ ހިއްވަރުލާ އަދި އެއްލާލާ ޕްލާސްޓިކް ވެސް އެއްލާލެވެނީ ކަނޑުތަކަށް ނުދާނޭ ގޮތަކަށްކަން ތިމާ ޔަގީން ކުރުމުގެ އާދަ އަށަގެނެވުމަށް ބާރުއެޅުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.