
ހއ. އަތޮޅުން ފެށިގެން ހައްދުންމައްޗަށް ’ވައިޓް އެލާރޓް‘ ނެރެފި.
ރާއްޖޭގެ މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭތީ، ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ހއ. އަތޮޅުން ފެށިގެން ހައްދުންމަތި (ލ. އަތޮޅު) އާހަމައަަށް ’ވައިޓް އެލާރޓް‘ ނެރެފިއެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން ބުނީ ވިލާގަނޑުގައި ގާތްގަޑަކަށް 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި މެދުރާއްޖެތެރެއާއި އުތުތުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 13 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.



