ރޮނާލްޑޯ ގެންދިއުމުގެ ރޭހަށް މެންޗެސްޓާ ޔުނައިޓެޑު

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ޕޯޗުގަލް އަދި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ ރޭހަށް ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުވެސް ހިމެނިއްޖެއެވެ.

އިޓަލީގެ ޗެމްޕިއަން ޔޫވެންޓަސްއިން ރޮނާލްޑޯ ހޯދުމަށް  88 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، ރޮނާލްޑޯ ގެންދިއުމަށް ޔުނައިޓެޑުން ބޭނުން ވަނީ 2.2 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ ދިއުން ގާތި ޔުވެންޓަސްއަށް ކަމަށް ރިޕޯޓުތަށް ބުނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔުވެންޓަސްއިން ހުށައެޅިކަމަށް ބުނާ 88 މިލިއަން ޕައުންޑުގެ މި ބިޑާ އެކު ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވެދާނެކަމަށް ލެބެވެން ފެށުމުން ރޮނާލްޑޯއަށް ފާރަލަމުން އަންނަ ގިނަ ކުލަބުތަކަކަށް ވަނީ ބޮޑު ހައިރާންކަމެއްލިބިގެން ގޮސްފައެވެ. އެގޮތުން މީގެކުރިން ރޮނާލްޑޯގެންދަން ދެކޮޅުހަދަމުން އައި ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ވެސް ރޮނާލްޑޯ ޔުނައިޓެޑަށް ގެންދަން ބޭނުންވާކަމަށް ރިޕޯޓުތަށް ބުނެއެވެ.  އެގޮތުން ރެއާލްއިން އޭނާ ދޫކޮށްލަން ނިންމައިފިނަމަ ޔުނައިޓެޑުން ރޮނާލްޑޯ ގެންދަން މަސައްކަތް ކުރާނެއެވެ. އެގޮތުން މިހާރުވެސް ޔުނައިޓެޑުން ރޮނާލްޑޯގެ ކަންތަށް ވަރަށް ގާތުން ބަލަމުންގެންދާ ކަމަށް ރިޕޯޓުތަށް ވަނީ ބުނެފައެވެ. ހަމަ އެގޮތަށް ފްރާންސްގެ ޕީއެސްޖީއިންވެސް ރޮނާލްޑޯ ގެންދަން ބޭނުންވާކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލް ދޫކޮށްލަން ރޮނާލްޑޯ އުޅޭކަމުގެ އަޑުތައް ގަދަވެފައިވާއިރު ރިޕޯޓުތަށް ބުނާގޮތުގައި ޔުވެންޓަސްގެ މި ހުށަހެޅުމާ މެދު ރެއާލް އިން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވިއްކާލަން ރެއާލް އިން ނިންމައިފިނަމަ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ނޫނީ ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑްގެއިތުރުން ޕީއެސްޖީއަށް ކުޅެމުންއަންނަ އެމްބަޕޭ ގެނައުމަށް ރެއާލް އިން މަސައްކަތް ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭކަމަށް ރިޕޯޓުތައް ބުނާއިރު މިދިޔަ މޭ މަހު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްފަހު ރޮނާލްޑޯ ވަނީ ކުރިމަގާ މެދު ސަޕޯޓަރުންނަށް ވަރަށް އަވަހަށް ޖަވާބެއް ދޭނެ ކަމަށް ބުނެފައެވެ.

ރޮނާލްޑޯ ގެންނަން ޔުވެންޓަސް އިން ޝައުގުވެރިވާއިރު އެ ކްލަބުގެ މެނޭޖިން ޑިރެކްޓަރު މަރޯޓާ އިއްޔެ ވަނީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޖަވާބުދޭން ދެކޮޅު ހަދާފައެވެ.

”ތިކަމާ ގުޅޭގޮތުން ވާހަކަދައްކާކަށް އަހަރެން ނެތިން“ ރޮނާލްޑޯއާ ގުޅޭގޮތުން ސުވާލުކުރުމުން މަރޯޓާ ބުންޏެވެ.

2009 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ރެއާލް އަށް ބަދަލުވި ރޮނާލްޑޯ އަކީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ ރެއާލް އަށް މިހާތަނަށް 451 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ ރެއާލްއާއެކު ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު އަދި ދެ ފަހަރެއްގެ މަތިން ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ރެއާލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.