ރާއްޖޭގެ ދީނީ ފަތުވާ މަޖިލީހުން ބައިނަލްއަޤްވާމީ ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހު ބާއްވަނީ

ރާއްޖޭގެ ދީނީ ފަތުވާ މަޖިލީހުން ބައިނަލްއަޤްވާމީ ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާޤިރު ވިދާޅުވީ އެ ވައްދަލުވުން އޮންނާނީ އަންނަ އާދިއްތަ ދުވަހު ކަމަށާއި މި ބައްދަލުވުމުގައި ސަޢުދީއަރަބިއްޔާ، މޮރޮކޯ، މިސްރު، އުރުދުން، މެލޭޝިއާ އަދި ސޫދާންގެ  ފަތުވާ މަޖިލީހުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެއް ދުވަހުގެ މި ބައްދަލުވުމުގައި ސަޢުދީ އާއި މޮރޮކޯ ފިޔަވައި އެހެން ޤައުމުތަކުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުން ނުވަތަ ފަތުވާ ކޮންފަރެންސްގައި މައިގަނޑު ތީމެއްގެ ގޮތުގައި މަޝްވަރާ ކުރާނީ އަމަންއަމާންކަން ޤާއިމް ކުރުމުގެ ވަސީލަތްތަކާއި ބެހޭގޮތުން ކަމަށާއި ގައުމުގައި އަމާންކަން ގާއިމް ކުރުމާ ބެހޭ ގޮތުން ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެ ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުވާ ދިނުމާއި އިސްލާމީ ދަޢުވާ ފެތުރުމާ ބެހޭގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ބޭއްވި ތަމްރީން ތަކުގައި ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރުން ބައިވެރިވެފައިވާ އިރު، އެއީ، ރާއްޖޭގެ ފަތުވާ މަޖިލިސް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަރަށް މުހިއްމު ކަމެއް ކަންވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހެއްގެ ދަށުން، ފިގުހު އެކަޑެމީ އުވާލުމަށް ފަހު އުފެއްދި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގައި ތިއްބަވަނީ އިސްލާމިކް މިނިސްޓަރާއި އުއްތަމަ ފަނޑިޔާރާއި ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ އާއި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އަދި ސީދާ އެ މަނިކުފާނު އައްޔަން ކުރައްވާ މެމްބަރުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.