ވޯލްޑްކަޕް 2018: މިސްރު – ސައުދީ އަރަބިއާ

ގުުރޫޕް އޭގައި މިރޭ ސައުދީ އަރަބިއްޔާ އާއި މިސްރު ބައްދަލުކުރާއިރު، މި މެޗަކީވެސް ފޯރިގަދަ ވާނެ މެޗެކެވެ. މުބާރާތް ނިންމާލާފަ އަނބުރާ ގައުމަށްދާން 3 ޕޮއިންޓަކީވެސް މުހިންމު އެއްޗަކަށްވެގެންދާނެއެވެ. އެހެން ކަމުން މޮޅެއް ހޯދުމަށް ދެޓީމުންވެސް މަސައްކަތް ކުރާނެއެވެ. މި ދެ ޓީމަކީވެސް މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެ މުބާރާތާ ވަކިވާންޖެހިފައިފާ ދެޓީމުކަން ފާހަގަކޮށްލެވެއެވެ. މިރޭ މި ދެ ޓީމު ކުޅޭ މެޗުން، ފުލުން ސަލާމަތްވުން ނޫނީ މި ދެ ޓީމަށް ހާސިލްކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާ އަތުން 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެހެންނަމަވެސް  ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާ ބަލިވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.  ގުރޫޕްގެ ފަހު މެޗަށް ނިކުންނައިރު ސައުދީ އަރަބިއްޔާ ވެސް އަދި މިސްރުވެސް ނުކުންނާނީ ވޯލްޑް ކަޕްގެ މެޗެއް ކާމިޔާބުކުރުމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިސްރު މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން އުރުގުއޭ އަތުން ބަލިވީ 0-1 ގެ ނަތީޖާއިންނެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މިސްރު ބަލިވިއިރު އެޓީމު ތަރި މުޙައްމަދު ސަލާހް އެމެޗުގައި ނުކުޅެއެވެ.  ފުރަތަމަ ބުރުން ވޯލްޑް ކަޕަށް އަލްވަދާއު ކިޔަން ޖެހިފައިވާއިރު، އެޓީމު މުބާރާތުން ކަޓާފައިވަނީ މުބާރާތް ބާއްވާ ގައުމު ރަޝިއާއާ ދެކޮޅަށް ކުޅެ 1-3 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. މި މެޗުގައި ސަލާޙް ކުޅުނު ނަމަވެސް އޭނާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނެވެ..

މިރޭގެ މެޗުން މިސްރު މޮޅުވިޔަސް އަދި އެއްވަރުވިޔަސް އެޓީމަށް ގްރޫޕްގެ ތިންވަނަ ލިބޭނެއެވެ. އެއީ ލަނޑުގެ ތަފާތުން ސައުދީ އަރަބިއްޔާ އަށްވުރެ ކުރީގައި މިސްރު އޮތުމުންނެވެ

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.