ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ރަމަޟާން މަހަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.

ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހިންގައިފައިވަނީ ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަހުގެ 10އިން 14އަށް ކުރިއަށްގެންދިޔަ މި މުބާރާތްތަކުގައި ގްރޭޑް 1ން ފެށިގެން 5އާ ދެމެދުގެ ގްރޭޑްތަކުގައި ކިޔަވާ ކުދިން ބައިވެރިވެފައިވެއެވެ. މަދަހަ މުބާރާތުގައި 36 ކުދިން ބައިވެރިވެފައިވާއިރު، ޤުރުއާން މުބާރާތުގައި 58 ކުދިން ބައިވެރިވެފައިވެއެވެ.

Photo 2

މިނިސްޓްރީގެ ދަށުން ވިލިނގިލީގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްފައިވަނީ ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގައި 11 އަހަރާއި 18 އަހަރާ ދެމެދުގެ 39 ކުދިން ބައިވެރިވެފައިވެއެވެ. މިއީ އެމް.އެން.ޑީ.އެފް.ގެ އެހީތެރިކަމާއެކު ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން މި މުބާރާތް އިންތިޒާމުކުރާ ދެވަނަ އަހަރެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންގެ ދުޅަހެޔޮކަމާއި ޤާބިލުކަން އިތުރުކުރުމަކީ މިނިސްޓްރީން ޚާއްޞަ އިސްކަމެއްދޭ ކަމެކެވެ. މި ގޮތުން، ކުދިންގެ ޝައުޤުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީން އަންނަނީ ތަފާތު މުނާސަބަތުތަކާ ގުޅުވައިގެން މި ފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.