މިއަހަރުގެ މެއި މަހު ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 8 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފި

މިއަހަރުގެ މެއި މަހު ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 8 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 3 މައްސަލައާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލައަކާއި އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުމުގެ ނުވަތަ ސައިބަރ ބުލީންގ ކުރުމުގެ މައްސަލައެއް ހިމެނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 22 މައްސަލަ ހުށަހަޅާފައިވާ އިރު، މީގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އަދި މި ބާވަތުގެ 11 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

ހަމަމިއާއެކު ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 5 މައްސަލައާއި ޖިންސީ ހާނީއްކަކުރުމުގެ 3 މައްސަލައާއި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 2 މައްސަލަ އަދި ރޭޕްގެ 1 މައްސަލަވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.