މާލޭގެ މަގުތަކަށް ކުނި އެޅުން ހައްލު ކުރުމަށް ޑަސްބިން ބަހައްޓައިފި

މާލޭގެ މަގުތަކަށް ކުނި އެޅުން ހައްލު ކުރުމަށް ޑަސްބިން ބަހައްޓައިފިއެވެ.

މި މަޝްރޫޢަކީ މާލޭގެ މަގުތަކަށް ކުނި އެޅުމާއި ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ދިމަދިމާލުގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމާއި މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްޙީ މައްސަލަތައް ހައްލުކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އަލަށް ތަޢާރަފްކުރެވުނު މަޝްރޫޢުއެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މަސައްކަތުގެ ދަށުން މާލޭގެ މަގުތަކުގައި ބެހެއްޓުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ މި ޑަސްބިންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދުވާރުގެ ބޭރު ކައިރީގައި ކާނުގަނޑަށް ނާރާގޮތަށް ހޮޅިދަނޑިއެއް ހަރުކުރެވި އެހޮޅިދަނޑީގައި ޑަސްބިން ހަރުކުރެވިފައި ހުންނަ ގޮތަށެވެ.

ޑަސްބިން ހަރުކުރެވޭ ހޮޅިދަނޑި ހުންނާނީ ދުވާރު ބޭނުންކުރާ ފަރާތްތަކަށާއި ސައިކަލު ޕާކު ކުރާ ފަރާތްތަކަށް ދަތިނުވާނެހެން ބިމުން މައްޗަށް އުފުލިފައެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ހިސާބުތަކުގައި ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ އިރު، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މި ޑަސްބިންތައް ހަރުކުރެވިފައި ހުންނަ ހޮޅިދަނޑިތަކުގައި އިޝްތިހާރު ހަރުކުރުމުގެ ފުރުޞަތު ޢާއްމުކޮށް ވަނީ ހުޅުވާލެވިފައިވެއެވެ.

KA2A9651 1

މަގުތަކުގައި ބަހައްޓާ ޑަސްބިންތަކުން ޤަވައިދުން ކުނި ހުސްކުރުމާއި އުކާލުމުގެ އެންމެހާ ޒިންމާތައް ވެމްކޯގެ ސީ.އެސް.ޢާރ ދަށުން ކޮށްދިނުމަށް އެކުންފުނިންވަނީ ނިންމާފައެވެ.

މާލޭގެ މަގުތަކުގައި މީގެ ކުރިން ޑަސްބިންތައް ބަހައްޓައިގެން ދިމާވި ގޮންޖެހުންތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ އަޖުމަބެލުމުގެ ޕްރޮގްރާމެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.