އަމްސާ ކަޕް މިއަހަރުވެސް އޮންނާނެ. ބައިވެރިވުން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް.

އއ. މަތިވެރި އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯޓްސް އެންޑް އެވެއަރނަސް (އަމްސާ) އިން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ”އަމްސާ ކަޕް“ މިއަހަރުވެސް އޮންނާނެކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދާއި ދިމާކޮށް ބާއްވާ މި މުބާރާތުގައި ބައިވެރިވާން ބޭނުްނވާ ފަރާތްތަކަށް މި ޖޫން މަހުގެ 3 ވާ އާދީއްތަ ދުވަހާއިހަމައަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބައިވެރިވާ ޓީމުތަކުގެ ޢަދަދަށް ބަލައި މުބާރާތް ކުރިއަށް ގެންދާނީ 3 ދުވަހުގެ މުއްދަތަށް ކަމަށްވެސް ބުންޏެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 13000 (ތޭރަ ހާސް) ރުފިޔާ އަދި ރަނަރއަޕް ޓީމަށް 5000 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ. އަދި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، މުބާރާތުގެ ޤަވާޢިދާއި އެޕްލިކޭޝަން ފޯމް މުބާރާތުގެ ފޭސްބުކް ޕޭޖް އިން ލިބޭނެ ކަމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް 7794089 ނަންބަރާ ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މިއީ އއ. މަތިވެރީ ޒުވާނުންނާއި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ވާދަވެރި ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށާއި ޒުވާނުންނަށް ފިޠުރު ޢީދަކީ އުފާވެރި ޢީދަކަށް ހެދުމަށާއި ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމުގެ މަޤުޞަދުގައި އެ ޖަމިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.

އަމްސާ ކަޕްގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ 2016 ވަނަ އަަހަރުގެވެސް ޗެމްޕިއަން ޓީމުކަމަށްވާ އއ. ބޮޑުފޮޅުދޫ އަފިންސް ޓީމެވެ. އެޓީމު މިދިޔަ އަހަރިގެ ޗެމްޕިއަންކަން ހޯދީ އދ. މަހިބަދޫ އަޒިއޮން ޓީމު 2 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.