
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް އިމަރޖެންސީގައި ކޫއްޑޫ އެއަރޕޯޓަށް ޖައްސައިފި
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް އިމަރޖެންސީގައި ކޫއްޑޫ އެއަރޕޯޓަށް ޖައްސައިފިކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތުލިބޭ ގޮތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ކޫއްޑޫ އެއަރޕޯޓަށް ޖައްސާފައިވަނީ، ގަން އެއަރޕޯޓުން މާލެއަށް ފުރި ބޯޓެކެވެ.
އެ ބޯޓުން ދަތުރު ކުރި މީހަކާއި ޙަވާލާދީ ”އައްޑޫ ލައިވް“ ގައި ބުނެފައިވަނީ ބޯޓު ގަމުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކެބިން ތެރެއިން ފެނުނީ ދުން އަރާ ތަނެވެ. އެހެންވެ އިމަރޖެންސީގައި ކޫއްޑޫއަށް ޖެއްސީ ކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް މިކަމާއިބެހޭ އިތުރު މަޢުލޫމާތު ސާފުވާގޮތް އަދިވަނީ ނުވެފައެވެ.



