
ޒުވާނުންނަށް ޚާއްޞަ ވޯކްޝޮޕެއް
ޕީސްފައުންޑޭޝަނުން ޒުވާނުންނަށް އަމާޒުކޮއްގެން ”ޕްރޮކްސިމިޓީ“ ގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި ވޯކްޝޮޕްގެ ހުށައަޅައި ދެއްވާނީ މެލޭޝިޔާއަށް އުފަން ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔެއް ކަމަށްވާ އައްޝައިހް ޙުސައިން ޔީ އާއި އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ނަސީމް އެވެ. ޑިސެމްބަރ 26 އަދި 27 ގައި މި ހަރަކާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މާލޭގައެވެ.
”ޒުވާނުންގެ ކުރިމަގު ބީނާކުރުމަށް އެތަކެއް ގިނަ މަސައްކަތްތަކެއް އެކިއެކި މުއައްސަސާތަކުން އެކިފެންވަރުގައި ކުރަމުން ދިޔަނަމަވެސް، ޒުވާނުން ނަކީވެސް އިންސާނުން ކަމުން، އެމީހުންގެ ރޫހާނީ ބައި ތަރައްޤީ ކުރަން ރަނގަޅު ހަރުދަނާ ފުރުސަތުތަކެއް ފަހިކޮށްދެވިފައި ނުވާތީ، މި ވޯރކްޝޮޕް ގެ މައިގަނޑު އަމާޒަކީ އެއީ.“ ޕީސް ފައުންޑޭޝަން ގެ ޖެނެރަލް ސެކެޓްރީ މުޙައްމަދު ޞަބާޙް ވިދާޅުވިއެވެ.
އެގޮތުން މި ވޯރކްޝޮޕްގައިި އިސްލާމީ ޢާޤީދާ، ނަމާދާއި އަދި އަޚްލާގަށް އަލި އަޅުވާލައި ގިނަގުނަ މަޢުލޫމާތު ތަކެއް ހިއްސާކުރެވޭނެއެވެ.
”ޕްރޮކްސިމިޓީ“ ވޯކްޝޮޕް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ޒުވާނުންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައެވެ.
2 ދުވަހަށް ކުރިޔަށް ދާ މި ވޯކްޝޮޕް ޚާއްޞަކޮށްފައިވާ ޢުމުރުފުރާ އަކީ 16 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށެވެ. ބައިވެރިވުން މިހާރު ވަނީ ހުޅުވާލެވިފައެެވެ. އަދި މި ވޯކްޝޮޕްގެ ފީ އަކީ -/400 ރުފިޔާ އެވެ.
މި ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް
PRO<name><age>
ޖެއްސަވުމަށް ފަހު 7341781 އަށް އެސް.އެމް.އެސް ކުރެއްވުން އެދެމެވެ. އަދީ މި އެވެންޓާބެހޭ އިތުރު މައުލޫމާތި
އިން ލިބިވަޑައި ގަންނަވާނެއެެވެ.

މެލޭޝިއާގެ ޗައިނީސް ބުޑިސްޓް ޢާއިލާއަކަށް އުފަން އައްޝައިޚް ޙުސައިން ޔީ އަކީ 60ގެ އަހަރުތަކުގެ ފަހުކޮޅުގައި އިސްލާމްވެ ވަޑައިގެން ސަަޢޫދީ ޢަރަބިޔާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ޙަދީޘް ޢިލްމު އުގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެދުވަސްވަރު އުޅުއްވި 20 ވަނަ ޤަރުނުގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް ނާޞިރުއްދީން އަލް-އަލްބާނީ ގެ އަރިހުން ކިޔަވާ ވިދާޅުުމުގެ ޝަރަފު ލިބިވަޑައިގެން ވާ ބޭފުޅެކެވެ. އައްޝައިޚް ޙުސައިން ޔީ އަކީ މެލޭޝިއާގައި ފުޅާދާއިރާއެއްގައި ދަޢުވަތުގެ ޙަރަކާތްތައް ހިންގާ ”އަލް-ޚާދިމް“ ގެ ފައުންޑަރ އަދި ރައީސްއެެވެ.
އޮސްްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
މީގެ އިރުތުން، ޕީސް ފައުންޑޭޝަނުން ދަނީ ސިލްސިލާކޮށް ބާއްވާ ”ދަ ލެގަސީ“ އިންވެޓް ގައި އައްޝައިހް ޙުސައިން ޔީ ގެ ޕަބްލިކް ޓޯކް އެއް ޑިސެމްބަރު 28 ގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ.
ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން މި ހިނގާ 2017 ވަނަ އަހަރުވެސް ވަރަށްތަފާތު ޙަރަކާތްތަކެއް ހިންގާފައި ވެއެެވެ. އެގޮތުން ”ނަމޫނާ“ ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި ”ދަ ލެގަސީ“ އަދި ”ޕެބްލްސް ފެމެލީ ހަވީރު“ ފާހަކަ ކޮށްލެވެއެވެ.



