އެޗްޕީއޭ އިން ހިންގާ ރާއްޖެއިން މީސެލްސް އެންޑް ރުބެއްލާ ނައްތާލުމުގެ ކެމްޕެއިންއަށް ސަޕޯޓްކޮށް އެސްޓީއޯގައި ވެކްސިން ސްޓޭޝަނެއް ހުޅުވައިފި

ރާއްޖެއިން މީސެލްސް އެންޑް ރުބެއްލާ ނައްތާލުމަށް އެޗްޕީއޭއިން 15 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ހިންގާ 15 ދުވަހު ކެމްޕެއިނަށް ތާޢީދުކޮށް އެސްޓީއޯގެ މުއައްޒަފުންނަށް ފަސޭހައިން ވެކްސިންދެވޭނެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ވެކްސިން ސްޓޭޝަންއެއް މިއަދު އެސްޓީއޯ ހެޑްއޮފީހުގައި ބަހައްޓައިފިއެވެ.

މި ވެކްސިން ސްޓޭޝަން ހުޅުވުމުގެ ގޮތުން، މި ސްޓޭޝަނުން ފުރަތަމަ ވެކްސިންދިން އަންހެން އަދި ފިރިހެން މުއައްޒަފަށް ސެޓްފިކެޓް ދެވުނެވެ. މި ސެޓްފިކެޓްތައް މި މުއައްޒަފުންނާއި ޙަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އޮނަރަބްލް އަބްދުﷲ ނާޒިމް އިބްރާހިމް އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ޝަހީރުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ޝަހީރު ވިދާޅުވީ އެސްޓީއޯފަދަ މުއައްޒަފުން ގިނަ ބޮޑު ކުންފުންޏަކުން މިފަދަ ޤައުމީ ކަމެއްގައި ބައިވެރިވުން މިއީ ވަރަށް މުހިންމު ކަމެއްކަމުގައެވެ. އަދި އެސްޓީއޯގައި ތިބި މި އުމުރުފުރާގެ މުވައްޒަފުން މި ކެމްޕެއިންގައި ބައިވެރިވެ، ވެކްސިން ލިބިގަތުމަށް ޝަހީރު އިލްތިމާސް ކުރެއްވިއެވެ.

އަދި މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރީހިމްގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖެއިން މިފަދަ ބަލިތައް ނައްތާލުމާއި ޑަބްލިއުއެޗްއޯގެ ލަނޑުދަނޑިތައް ޙާސިލްކުރުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެކެވެ. މިގޮތުން ދިވެހިރާއްޖެއިން މިހާރުވެސް މެލޭރިއާ، ފައިލޭރިއާ އަދި ޕޯލިއޯވަނީ ނައްތާލެވިފައެވެ. އަދި މި ސަރަހައްދުން އެންމެފުރަތަމަ މީސެލްސް އެންޑް ރުބެއްލާ ނައްތާލެވޭ ޤައުމުކަމުގައި ދިވެހިރާއްޖެ ވެގެންދާނެއެވެ. ދިވެހިރާއްޖޭގައި ތިބި މި އުމުރުފުރާއަށް ނިސްބައިވާ ކުދިންނަށް މިއީ ފަރުދީ ޒިންމާއެއްކަމަށް ދެކިގެން ރާއްޖެއިން މި ބަލިތައް ނައްތާލުމަށް އެހީތެރިވެދިނުމަށް ވެސް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

އެސްޓީއޯއަކީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ހެލްތު މިނިސްޓްރީއާއި ގުޅިގެން ޕާޓްނާރއެއްގެ ގޮތުގައި މަސައްކަތްކުރާ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.