ކާނަލް މައުމުރުލް ޤައްޒާފީ 

ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި:

ތަޢުލީމާއި ސިއްޚީ ޚިދުމަތަކީ ލީބިޔާގައި އެޤައުމުގެ ރައްޔިތުންނަށް ހިލޭ ލިބޭ އިނާޔަތްތަކެވެ. ޤައްޒާފީ ވެރިކަމާއި ހަވާލުވުމުގެ ކުރީގައި %25 މީހުންނަށް ނޫނީ ލިޔަންކިޔާކަށް ނޭނގެއެވެ. ނަމަވެސް މި އަދަދު %83 އަށް ވަނީ ޤައްޒާފީގެ ވެރިކަމުގައި ކުރިއަށް ޖެހިލާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ
  1. ދަންޑުވެރިކަން ކުރުމަށްޓަކައި ބޭނުންވާ ލީބިޔާގެ ރައްޔިތުންނަށް އެކަމަށް މަގުފަހި ކުރުމަށްޓަކައި ދަނޑުހައްދާނެ ބިން ހިލޭ ލިބުމުގެ އިތުރަށް ދަނޑުވެރި ގެ އަކާއި ދަނޑުވެރިކަމަށް ބޭނުންކުރާ އާލާތް އަދި ގޮވާމުގެ މުޑުވަކުގެ އިތުރަށް ގަސްގަހާ ގެހީގެ ބޭސް ހިލޭ ލިބޭނޭ އިންތިޒާމް ހަމަޖައްސައިދީފައިވެއެވެ.
  2. ލީބިޔާގައި ކަރަންޓްބިލެއް އެއްވެސް ގެއަކަށް ނާންނާނެއެވެ. އެއީ ކަރަންޓަކީ އެޤައުމުގައި މުޅިން ހިލޭ ދެވޭ ޚިދުމަތެކެވެ.
  3. ލީބިޔާގެ ބެންކް ތަކަކީ ސަރުކާރުގެ މާލިއްޔަތުގެ ދަށުގައިވާ ބެންކްތައް ކަމުން ރައްޔިތުންނަށް ލޯންދެވިފައިވަނީ އެއްވެސް އިންޓަރެސްޓަކާއި ނުލައެވެ. މިގޮތަށް ނިންމާފައިވަނީ ލީބިޔާގެ ޤާނޫނުންނެވެ.
  4. ގެދޮރު ލިބުމަކީ އިންސާނީ ވަސީލަތެއްކަމުގައި ޤައްޒާފީ މުޅި ޤައުމަށް ޢިއުލާނު ކުރެއްވިއެވެ. އަދި ޤައްޒާފީގެ ޢާއިލާގެ ބޭފުޅުންނަށް ގެދޮރު ލިބޭނީ މުޅި ޤައުމުގެ ރައްޔިތުންނަށް ގެދޮރު ލިބުމަށްފަހުގައި ކަމަށް ޢިއުލާނުކުރެއްވިއެވެ. ޤައްޒާފީގެ ހަޔާތުގައި ޤައްޒާފީގެ ބައްޕަ އަވަހާރަވިއެވެ. ދުނިޔޭގައި ތިބި ޤައްޒާފީގެ އަނބިކަބަލުންނާއި މަންމަ އުޅެމުންދަނީ ޓެންޓެއްގައެވެ.
  5. އަލަށް ކާވެރި ކުރެވޭ ކޮންމެ ދެމަފަރި އަކަށް ފަންސާސް ހާސް އެމެރިކާ ޑޮލަރު އެޕާޓްމަންޓެއް ގަތުމަށްޓަކައި ޤައްޒާފީގެ ވެރިކަމުގައި ސަރުކާރުން އައީ ދެމުންނެވެ.
  6. އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ފަސްހާސް އެމެރިކާ ޑޮލަރު ޤައްޒާފީ ގެ ވެރިކަމުގައި ސަރުކާރުން ދެމުން ގެންދިޔައެވެ.
  7. ޤައްޒާފީގެ ވެރިކަމުގައި 40 ފޮތި އިންނަ ޕާން ޕެކެޓެއްގެ އަގަކީ  އެމެރިކާ ޑޮލަރުގެ ފަނަރަ ސެންޓެވެ.
  8. ލީބިޔާގެ ރައްޔިތުންގެ ތެރެއިން %25 މީހުންގެ އަތުގައި ޔުނިވަރސިޓީ ޑިގިރީ އޮވެއެވެ.
  9. ލީބިޔާގެ އެއްވެސް ރައްޔިތަކު ލީބިޔާއިން ކާރެއް ގަންފިނަމަ އެ ކާރެއްގެ އަގުގެ %50 ދައްކަައިދެނީ ސަރުކާރުންނެވެ.
  10. ލީބިޔާގައި ޤައްޒާފީގެ ވެރިކަމުގައި ޕެޓްރޯލް ލީޓަރެއްގެ އަގަކީ އެމެރިކާ 14 ސެންޓެވެ.
  11. ލީބިޔާގެ ޤައުމީ ދަރަންޏެއް ނެތެވެ. އެހެނަސް 150 ބިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވެއް އޮތެވެ. މިހާރު މިފައިސާ ވަނީ ފްރީޒް ކުރެވިފައެވެ.
  12. ޤައުމުން ބޭރުން ބޭސްފަރުވާ ކުރަން ޖެހިއްޖެ ނުވަތަ ތަޢުލީމް ހޯދަން ޖެހިއްޖެ ލީބިޔާގެ ރައްޔިތަކަށް ޤައުމުން ބޭރަށް ދިއުމުގެ ޚަރަދުގެ އިތުރަށް ދެހާއް ތިންސަތޭކަ އެމެރިކާ ޑޮލަރު ހުރުމާއި ކާރު އެލަވަންސެއްގެ ގޮތުގައި ޤައްޒާފީގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް ދެމުންގެންދިޔައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.