ޖަޕާން، ސިންގަޕޫރު އަދި ޖަރުމަންގެ ސަފީރުކަމަށް ބޭފުޅުން ޢައްޔަންކޮށްފި

ޖަޕާން، ސިންގަޕޫރު އަދި ޖަރުމަންގެ ސަފީރުކަމަށް ދިވެހިރާއްޖެއިން ބޭފުޅުން ޢައްޔަންކޮށްފިއެވެ.

އެގޮތުން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް ޢައްޔަންކުރެއްވީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފް އެވެ. ސިންގަޕޫރަށް ކަނޑައަޅާ ސަފީރު ކަމަށް ކުރީގެ ޕްލޭނިންގ މިނިސްޓަރ ހަމްދޫން ޢަޢބްދުﷲ ހަމީދު ޢައްޔަން ކުރެއްވި އިރު، ޖަރުމަނުގެ ސަފީރު ކަމަށް ޢައްޔަން ކުރެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ކުރީގެ މެމްބަރ އަދި ރާއްޖޭގެ ތަޢުލީމަށް ގިނަ ޚިދުމަތެއް ކޮށްދެއްވާފައިވާ ޖަމީލާ ޢަލީ ޚާލިދު އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްކުރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާޤުންނެވެ. އަދި މިދިޔަ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހަމްދޫން ސަފީރު ކަމަށް ޢައްޔަން ކުރެއްވުމަށް ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާ އިރު، ހަމައެދުވަހު ބޭއްވި ޖަލްސާގައި ޖަމީލާ ޢަލީ އައްޔަން ކުރެއްވުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާޤުންނެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.