ޣައްޒާގެ ކުޑަކުދިންގެ މެދުގައި މެނިންޖައިޓިސް (ސިކުނޑީގެ ދުލި ދުޅަވުން) ހަލުވިކަމާއެކު ފެތުރީ

ޣައްޒާގެ ކުޑަކުދިންގެ މެދުގައި މެނިންޖައިޓިސް (ސިކުނޑީގެ ދުލި ދުޅަވުން) ހަލުވިކަމާއެކު ފެތުރެން ފަށައިފި އެވެ.

ބަންދުކޮށްފައިވާ ޣައްޒާގެ ސަރަޙައްދުގައި ނަޖިސްވެފައިވާ ފެނާއި ޞިއްޙީ ނިޒާމު އިނދަޖެހުމާއި ބޭހާއި ސިއްޙީ ސާމާނު ލިބުން ދަތިވުމުގެ ސަބަބުން މި ބަލިޖެހޭ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އުމުރުން އެންމެ ދެ މަހުގެ މުޞްޠަފާ ޙައްލާވީން ޣައްޒާ ސިޓީގެ އައްރަންތީސީ ކުޑަކުދިންގެ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދޭތާ މިހާރު 10 ދުވަސް ވެއްޖެއެވެ.

ގަދައަށް ހުން އައުމާއި ބަނޑު ފުރުމުގެ އަލާމާތްތައް ފެނުމާ ގުޅިގެން ޓެސްޓުކުރުމުން އެ ކުއްޖާއަށް ވަނީ މެނިންޖައިޓިސް ޖެހިފައިވާކަން ކަށަވަރުވެފަ އެވެ.

އެ ކުއްޖާގެ މަންމަ، އަމަލް، މަޢުލޫމާތު ދެމުން ބުނިގޮތުގައި ބަލީގެ އަލާމާތްތައް ފެންނަން ފެށީ ހަމުގައި ބިހިތަކެއް ނަގައި ހުންގަދަވުމުގެ ސަބަބުންނެވެ. އަދި ކޮންމެ ދުވަހަކު ޑޮކްޓަރުން ތަފާތު ޓެސްޓުތައް ހަދަމުންދިޔަ ނަމަވެސް ބޭނުންވާ މުހިންމު ބޭސްތައް ނެތުމުގެ ސަބަބުން ކުއްޖާގެ ހާލަތަށް އެދެވޭ ބަދަލެއް ނާންނަކަން އޭނާ ފާހަގަކުރި އެވެ.

އިސްރާއީލުން ޣައްޒާގެ ޞިއްޙީ ނިޒާމު ސުންނާފަތިކޮށް ޒަރޫރީ ބޭސްތައް އެތެރެކުރުން ހަނގުރާމައިގެ ތެރެއިން ހުރަސްއަޅަމުންދާތީ މުޞްޠަފާ ފަދަ އެތައް ކުދިންނަކަށް މިހާރު ދަނީ މި ބަލި ޖެހެމުންނެވެ.

އދ. ގެ އިންސާނީ އެހީއާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު 27 އިން އޮކްޓޯބަރު 31 އާ ދެމެދު ޣައްޒާގައި މެނިންޖައިޓިސް ޖެހިފައިވާ ކަމަށް ބެލެވޭ 413 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

މީގެ ތެރެއިން 68 އިންސައްތަ ކޭސް ފެނިފައިވަނީ ޣައްޒާ ސިޓީންނެވެ.

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު ވަނީ ޣައްޒާގައި ބަލިމަޑުކަމުގެ އިންޒާރު ނެރެފަ އެވެ. އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިއަހަރުގެ މިހާތަނަށް 1,790 މީހުންނަށް މެނިންޖައިޓިސް ޖެހިފައިވާއިރު 15 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

ހަމައެކަނި އޮކްޓޯބަރު މަހުވެސް 272 މީހުންނަށް މި ބަލި ޖެހިފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ.

ހިމާޔަތް ހޯދައިގެން ތިބި މަރުކަޒުތައް ތޮއްޖެހުމާއި ބޯފެން ތަޣައްޔަރުވުމާއި ނަރުދަމާގެ ނިޒާމު ހަލާކުވުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ހާމަކުރި ގޮތުގައި ޣައްޒާގެ ފެނުގެ ސާމްޕަލްތަކުން ޖަރާސީމު ފެންނަ މިންވަރު ޖެނުއަރީ މަހު 6 އިންސައްތައިގައި ހުރުމަށްފަހު އޮގަސްޓް މަހު ވަނީ 20 އިންސައްތައަށް އުފުލިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.