މެޓާ ކުންފުނިއާ ދެކޮޅަށް އިތުރު މުޒާހަރާތަކެއް ކުރާނެކަމުގެ އިންޒާރު އިންޑިއާގެ ކޮންގްރެސް ޕާޓީން ދީފި

ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގުމަށްފަހު، މެޓާއާ ދެކޮޅަށް އިތުރު މުޒާހަރާތަކެއް ކުރާނެކަމުގެ އިންޒާރު އިންޑިއާގެ ކޮންގްރެސް ޕާޓީން ދީފި

އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ކޮންގްރެސްގެ ޒުވާނުންގެ ގޮފިން އެމެރިކާގެ މެޓާ ކުންފުނީގެ އިންޑިއާ އޮފީސްތައް ކައިރީގައި ފުލުހުންނާ ކުރިމަތިލުމަށްފަހު އެ ކުންފުނީގެ އަމަލުތަކާ ދެކޮޅަށް އިތުރު މުޒާހަރާތަކެއް ކުރާނެ ކަމަށް ހޮނިހިރު ދުވަހު އިންޒާރު ދީފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މުޒާހަރާތައް ކުރަނީ އެ ޕާޓީގެ ބައެއް މެންބަރުންގެ އެކައުންޓްތަކާއި ޕޯސްޓްތައް މެޓާއިން ނެގުމާ ގުޅިގެންނެވެ.

ހުކުރު ދުވަހު ހިނގި މި މުޒާހަރާތަކާ ގުޅޭގޮތުން މެޓާއިން އެއްވެސް އެއްޗެއް ބުނަން އިންކާރު ކޮށްފައިވާއިރު މިއީ އެ ކުންފުނީގެ އެންމެ ބޮޑު މާކެޓުގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ދިން އެންމެ ވަރުގަދަ ރައްދެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ސޯޝަލް މީޑިއާގެ ކޮންޓެންޓްތައް ހަނިކުރުމަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރި ނުރައްކާތަކާ މެދު އިންޑިއާގައި ދަނީ ބަހުސް ބޮޑުވަމުންނެވެ.

މޯދީ ސަރުކާރުން ބުނާ ގޮތުގައި ކޮންޓެންޓްތައް ނަގަނީ ޤައުމީ ސަލާމަތަށް ނުވަތަ ގާނޫނާ ޚިލާފު ކަންކަން ހުއްޓުވުމަށެވެ.

ނަމަވެސް ކޮންގްރެސް ޕާޓީން މެޓާއަށާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ތުހުމަތުކުރާ ގޮތުގައި އެ ކުންފުނިތަކުން ދަނީ ސަރުކާރަށް ތާއީދުކޮށް އިދިކޮޅު ފަރާތްތަކުގެ އެކައުންޓްތައް އުނިކޮށް ޚިޔާލުފާޅުކުރުން ހަނިކުރަމުންނެވެ.

މެޓާއިން ބުނެފައިވަނީ އިންޑިއާގެ ގާނޫނުތަކަށް ބޯލެނބުމުގެ ގޮތުން ބައެއް ކޮންޓެންޓްތައް ހަނިކުރަން ޖެހޭ ކަމަށެވެ.

ހައިދަރުއާބާދުގައި ހުކުރު ދުވަހު ހިނގި ހާދިސާގައި މުޒާހަރާގެ ބައިވެރިން ވަނީ މެޓާގެ އޮފީސް ހުންނަ އިމާރާތަށް ވަދެގަނެ އެތަނުގެ ތަކެއްޗަށް ގެއްލުންދީ ފުލުހުންނާ ކުރިމަތިލާފަ އެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯތައް ވަނީ އިންޑިއަން ޔޫތު ކޮންގްރެސްގެ އެކްސް އެކައުންޓުން އާންމުކޮށްފަ އެވެ.

މީގެ އިތުރުން މުމްބާއީގައި ވެސް މުޒާހަރާގެ ބައިވެރިން ވަނީ މެޓާއާ ދެކޮޅު ޝިއާރުތައް ފާރުތަކުގައި ކުރަހައި އެކަން ހުއްޓުވަން އުޅުނު ސަލާމަތީ ފަރާތްތަކާ ކުރިމަތިލާފަ އެވެ. އަދި ގުރްގުރާމްގައި ވެސް ކޮންގްރެސްގެ މެންބަރުން ވަނީ ޒުވާނުންގެ ގޮފީގެ އެކައުންޓްތައް އަނބުރާ ދިނުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ.

ކޮންގްރެސްގެ ޒުވާނުންގެ ގޮފިން އެކްސްގައި ބުނެފައިވަނީ އެ ޕާޓީގެ ލީޑަރުންގެ އިންސްޓަގްރާމް އެކައުންޓްތައް އިއާދަނުކޮށްފިނަމަ މުޅި ޤައުމުގައި ހުރި މެޓާގެ އޮފީސްތަކަށް ވަދެގަނެ މުޒާހަރާ ކުރާނެ ކަމަށެވެ.

ހޮނިހިރު ދުވަހު އެ ޕާޓީން ވަނީ މެޓާގެ ވެރިޔާ މާކް ޒަކަބާގަށް ފާޑުކިޔައި އޭނާއަކީ ބީޖޭޕީއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ސިފަކޮށް ”މާކް ބީޖޭޕީބާގް“ ގެ ނަމުން މުހާތަބުކޮށް ބެނާއެއް ހަރުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އިންޑިއާގެ އައިޓީ މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.