ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ނުބަލަނީ އަޑީގައި ފޮރުވިފައި އެހެން ކަމެއް އޮތުމުން: ފައިސަލް

ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ނުބަލަނީ އަޑީގައި ފޮރުވިފައި އެހެން ކަމެއް އޮތުމުން ކަމުގައި ކުރީގެ ނައިބު ރައިށް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ވާދަކުރައްވާ ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ލޯކަލް މާރްކެޓުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފައިސަލް ނަސީމް ވިދާޅުވީ މިހާރު ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވާ ގޮތުން ކޮންމެ ރައްޔިތެއްގެ ވެސް ކަންބޮޑުވުން ހުރި ކަމަށާއި މިފަދަ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު ރައްޔިތުންގެ ރުހުން ހޯދަން ޖެހޭކަމަށެވެ. އަދި ގައުމެއް ބިނާވެގެން ވަނީ ރައްޔިތުންގެ މައްޗަށް ކަމަށާއި ގައުމު ކުރިއަށްގެންދަން ޖެހެނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާއިރު ރައްޔިތުން ބޭނުންވާ ގޮތް ނުބަލަނީ ކިހިިނެއް ވެގެންތޯ ސުވާލު އުފައްދަވާ ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންނާއި ގައުމަށްޓަކައި މިފަދަ ބޮޑު މަޝްރޫއެއްގެ ސަބަބުން މިއަދު ލިބޭ ގެއްލުމާއި ފަހުން ވެދާނެ ބޮޑު ގެއްލުމަކާއި މެދު ވިސްނަންޖެހޭނެ ކަމަށެވެ. މީގެއިތުރުން އެންމެ މޮޅު ގޮތަކަށް ވާނީ ރައްޔިތުންގެ ރުހުމާއެކު ވެރިކަން ކުރިއަށް ގެންދިޔުން ކަމަށާއި މިފަދަ ކަންކަމާއި މެދު ފުންކޮށް ވިސްނެވުމަށް ރައީސް ޑރ. މުއިއްޒުއަށް ވަނީ ދަންނަވާފައެވެ.

ފައިސަލް ނަސީމް އިތުރަށް ވިދާޅުވީ މިއަށްވުރެ މާ ކުދި ކަންކަމުގައި ވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.