މެމްބަރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ހީވުމަކީ ވަރަށް ބޮޑު ގޯހެއް – ރައީސް ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ހީވާ ހީވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ޕީ.އެން.އެފްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ޕީ.އެން.އެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ބަހަކާ ނުލައި ރަސްމާލެ ބޭރުގެ ބަޔަކަށް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެގޮތަށް ނިންމޭނެކަމެއް ނޫންނެވެ. އަދި މަތީ މަޤާމުތަކުގައި ތިބޭ ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޤާނޫނުން ތިމަންނާމެންނަށް ބޭނުން ކަމެއް ކުރަން ޖާގަ ލިބޭ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށެވެ.

ދިމިގްރާތީ ވެރިކަންތަކުގައި ރައްޔިތުންނާ ހަމައިން ވެރިކަން ފެށިގެންދާއިރު، ވެރިކަން ނިމެނީވެސް ރައްޔިތުންނާ ހަަމައިން ކަމަށެވެ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވި ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަ ގޮތުގައި ވެރިޔަކަށް ހުންނަމީހަކު، ވެރިކަން ކުރުމުގައި ރައްޔިތުންގެ ބަސް ހިމަނަން ޖެހޭނެ ކަމަށެވެ. ޚާއްޞަކޮށް ޤައުމުގެ މަސްލަހަތާއި މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާނެ ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ތެރޭގައި ތިބި ޕީ.އެން.ސީ މެމްބަރުން ކަންކުރަމުން ގެންދަވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތިމަންނާމެން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ހީވާ ހީވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާ އެމީހުންވެސް ޖަވާބުދާރީ ކުރުވޭނެ ދުވަހެއް އަންނާނެ ކަމަށެވެ.

ދިވެހި ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ވަރުގަދަ ބިނާކުރަބިވި ޢުމްރާނީ ތަރައްޤީއެއް ގެނެސްދެއްވި ރައީސް ޔާމީން ގޮވާލެއްވީ ރަސްމާލެ މައްސަލައިގައި ރިފަރަންޑަމަކަށް ދިއުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.