
އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު ހައްޔަރުކޮށްފި
އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޝާހިދު ހައްޔަރުކޮށްފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްގައި ކަމަށެވެ.
މީޑިއާ އަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ހ. ރަބީޢީ މަންޒިލް، ޢަބްދުﷲ ޝާހިދު (64އ)، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ނޮވެމްބަރ2 ވަނަ ދުވަހުގެ ރޭ21:59 އެހައިކަންހާއިރު ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.



