ސަޢޫދީއަށް ފޮނުވާލި މިސައިލްތަކެއް ގޮއްވާލުމުން އޭގެ ބައިތައް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކެއް ގޮއްވާލުމުން އޭގެ ބައިތައް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޚަމީސް މުޝައިތާއި އަހަދު ރަފީދާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލުމުން އޭގެ ބައިތައް ވެއްޓި ދެ މީހަކަށް އަނިޔާވެ ބައެއް އިމާރާތްތަކަށާއި އުޅަނދުތަކަށް ގެއްލުން ވެފައިވާ ކަމަށް އެ ޤައުމުގެ ސިވިލް ޑިފެންސްއިން އާދީއްތަ ދުވަހު ބުނެފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިވިލް ޑިފެންސްއިން ހާމަކުރި ގޮތުގައި މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން އަނިޔާވެފައިވަނީ ސަޢޫދީ ރައްޔިތަކަށާއި އޭޝިއާ ބައްރުގެ ބިދޭސީއަކަށެވެ.

އެ އިދާރާގެ ބަޔާނުގައިވާ ގޮތުން މި ހާދިސާގައި މީހުން ދިރިއުޅޭ ތިން އިމާރާތަކަށާއި ހަތް އުޅަނދަކަށް އެކިވަރުގެ މާއްދީ ގެއްލުންތައް ވަނީ ލިބިފަ އެވެ.

ނަމަވެސް މި މިސައިލްތައް ފޮނުވާލީ ކޮން ފަރާތަކުން ކަމެއް ސިވިލް ޑިފެންސްއިން ހާމައެއް ނުކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.