އިންތިޚާބުގެ ކުރިން ނަތަންޔާހޫގެ ވެރިކަން ނިންމާލަން އެތައް ހާސް ބަޔަކު ނުކުމެއްޖެ

އިޒްރޭލުގެ އިންތިޚާބުގެ ކުރިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި އެތައް ހާސް ބަޔަކު ތެލް އަވީވްގެ މަގުތަކަށް ނުކުމެއްޖެ އެވެ.

އިންތިޚާބަށް ކުޑަތަން ވެފައިވަނިކޮށް ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ބަދަލުކުރުމަށާއި އެ ސަރުކާރުގެ ނާކާމިޔާބީތަކަށް ޒިންމާދާރުކުރުވުމަށް ގޮވާލައި އެތައް ހާސް އިޒްރޭލު ބަޔަކު ތެލް އަވީވްގައި މުޒާހަރާކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހޮނިހިރު ދުވަހުގެ ރޭ ”އޮކްޓޯބަރު ކައުންސިލް“ އިން އިންތިޒާމުކުރި މި އެއްވުމަށް ”ހޮސްޓޭޖަސް ސްކޮޔަރ“ އަށް ގިނަ އަދަދެއްގެ ބަޔަކު އެއްވިއިރު މީގެ ތެރޭގައި ރަހީނުންގެ އާއިލާތަކާއި ގާޒާގައި ހައްޔަރުކޮށްފައި ތިބުމަށްފަހު މިނިވަންވި މީހުންނާއި އެމީހުންގެ ތިމާގެ މީހުން ހިމެނެ އެވެ.

އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގެ ކުރިން ނަތަންޔާހޫގެ އިއްތިހާދާ ދެކޮޅަށް ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އިދިކޮޅު ލީޑަރުން ކަމަށްވާ ގަޑީ އައިޒެންކޮޓް ޔާއިރު ލަޕިޑް އަވިގްޑޯ ލީބަރމަން އަދި ޔާއިރު ގޯލަން ވެސް މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުން ދިޔައީ ”ތިން އަހަރުގެ މަސައްކަތަށްފަހު އަލުން އިސްލާހުކުރަން ފަށަނީ“ މި ޝިއާރުގެ ދަށުންނެވެ.

އެމީހުން ދަނީ 2023 އޮކްޓޯބަރު 7 ގައި ދިން ހަމަލާތަކާ ގުޅިގެން ސަރުކާރުން ވީ އިހުމާލުތަކަށް ޒިންމާދާރުކުރުވުމަށް ގޮވާލަމުންނެވެ.

”އަންނަ ބުދަ ދުވަހުން ފެށިގެން ހަގީގަތް ހާމަކޮށް އާއިލާތަކަށް އިންސާފު ހޯދައިދޭނެ ދައުލަތުގެ ތަޙްޤީޤީ ކޮމިޝަނެއް އުފެއްދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން“ ގޯލަން ވިދާޅުވި އެވެ.

”މިއީ އަޅުގަނޑުމެންގެ ވާޖިބެއް އަދި މިޝަނެއް. އަޅުގަނޑުމެން އަލުން ބިނާކޮށް އާރާސްތުކޮށް އިސްލާހު ކުރާނަން. މިއީ އަޅުގަނޑުމެންގެ މެސެޖަކީ.“

ވޯޓުލުމުގެ ކުރިން މަގުމަތިން ދިން މެސެޖު

އިދިކޮޅު ލީޑަރުން ބައިވެރިވި ނަމަވެސް އޮކްޓޯބަރު ކައުންސިލުން ބުނެފައިވަނީ މިއީ އާއިލާތަކުން އިންތިޒާމުކުރި މަދަނީ ހަރަކާތެއް ކަމަށާއި މިއީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ތާއީދުކުރުމަށް ބޭއްވި ހަރަކާތެއް ނޫން ކަމަށެވެ.

އޮކްޓޯބަރު ކައުންސިލަކީ އޮކްޓޯބަރު 7 ގެ ހާދިސާތަކާ ގުޅިގެން މިނިވަން ތަޙްޤީޤެއް ހިންގުމަށް ވަކާލާތުކުރާ މަދަނީ ގްރޫޕެކެވެ.

ނަތަންޔާހޫ ވަނީ މިނިވަން ތަޙްޤީޤީ ކޮމިޝަނެއް އުފެއްދުމަށް ކުރާ ގޮވާލުންތަކަށް ތަކުރާރުކޮށް ދެކޮޅު ހައްދަވާފަ އެވެ.

ނަތަންޔާހޫގެ ލިކުޑް ޕާޓީން ބުރާސްފަތި ދުވަހު ސެންޓްރަލް އިލެކްޝަންސް ކޮމިޓީގައި އެދިފައިވަނީ މި އެއްވުން ދެއްކުމަކީ ”އިންތިޚާބީ ޕްރޮޕެގެންޑާ“ ކަމަށް ބުނެ، ބޮޑެތި ޓީވީ ޗެނަލްތަކުން އެ މަންޒަރުތައް ދެއްކުން މަނާކޮށްދިނުމަށެވެ.

ނަމަވެސް ކޮމިޓީގެ މުގައްރިރު ޖަސްޓިސް ނޯއަމް ސޯލްބަރގް ވަނީ އެކަމަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ ހުށަހެޅުން ބޭރުކޮށްލައްވާފަ އެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ކުރީކޮޅު އޮކްޓޯބަރު ކައުންސިލުން ވަނީ އިޒްރޭލުގެ ޕޮލިސް ކޮމިޝަނަރު ޑެނީ ލެވީއަށް ސިޓީއެއް ފޮނުވައި މުޒާހަރާއަށް ހުރަސްއެޅުމަށް ބަޔަކު މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ފުލުހުންގެ ތައްޔާރީތައް ވަރުގަދަކޮށް، އެއްވުމަށް ހުރަސްއެޅުމަށް ކުރާ އެއްވެސް މަސައްކަތެއް ހުއްޓުވުމަށް އެ ޖަމާއަތުން ވަނީ އެދިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.