އުރުދުންގެ ފައްޅިއަކަށް ދިން ހަމަލާއާ ގުޅިގެން ސަޢޫދީ ރަސްގެފާނާއި ވަލީއަހުދު ތައުޒިޔާ ފޮނުއްވައިފި

ސަޢޫދީ ރަސްގެފާނާއި ވަލީއަހުދު، އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއަކަށް ދިން ހަމަލާއާ ގުޅިގެން ތައުޒިޔާ ފޮނުއްވައިފި އެވެ

އުރުދުންގެ ކަރަކް ގަވަރްނަރޭޓްގެ ހަމޫދު އަވަށުގައި ހުންނަ ފައްޅިއަކަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން، އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނައަށް ތައުޒިޔާ ފޮނުއްވައިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވަލީއަހުދު ފޮނުއްވި މެސެޖުގައި، މިއީ އަޅުކަންކުރާ ތަންތަނުގެ ހުރުމަތް ކެނޑޭ ފަދަ ”ފިނޑި އަމަލެއް“ ކަމަށް ސިފަކުރައްވައި އެކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

”އުރުދުންގެ ހާޝިމީ ރަސްކަމުގެ ކަރަކް ގަވަރްނަރޭޓްގައި ހުރި ފައްޅިއަކަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި، އެ ހަމަލާގައި މީހުން މަރުވެ އަނިޔާވި ޚަބަރު ތިމަންމަނިކުފާނު އެހީ ހިތާމައާއެކު،“ ވަލީއަހުދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ރަސްގެފާނު އަބްދުالله އަށާއި، އުރުދުންގެ ރައްޔިތުންނަށާއި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފަ އެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން، އުރުދުންގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ސަޢޫދީ ޤަރަބިއްޔާގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމުގެ ޔަގީންކަން ވަލީއަހުދު ވަނީ ދެއްވާފަ އެވެ.

މިދިޔަ ހުކުރު ދުވަހު ކަރަކްގައި ހުންނަ ސެއިންޓް ޖޯޖް ގްރީކް އޯތޮޑޮކްސް ފައްޅީގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް ދިން މި ހަމަލާގައި ނުވަ މީހަކު މަރުވެ، 40 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އުރުދުންގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ބަޑީގެ ހަމަލާ ތަޙްޤީޤް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.