ޔޫކޭގެ މުދައްރިސުން ”ފްރީ ޕަލަސްޓައިން“ ނިޝާން، ބެޖު އެޅުން މަނާކުރުމުގެ ފުރުސަތު އެބައް

ޔޫކޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން ”ފްރީ ޕަލަސްޓައިން“ ނުވަތަ ކަރާގެ ނިޝާން ހިމެނޭ ބެޖު އެޅުން މަނާކުރުމުގެ ފުރުސަތު އެބައޮތެވެ.

އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ޔަހޫދީންނާ ދެކޮޅުވެރިކަން އޮތް މިންވަރު ބެލުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ދިރާސާއަކަށްފަހު ފަލަސްތީނަށް ތާއީދުކުރާކަން ހާމަކޮށްދޭ ބެޖުތައް މުދައްރިސުން އެޅުން މަނާކުރުމަށް ވަނީ ލަފާދީފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަރ ޑޭވިޑް ބެލް ތައްޔާރުކުރައްވާފައިވާ މި ރިޕޯޓު ވަރަށް އަވަހަށް ޝާއިޢުކުރާނެ ކަމަށް ބެލެވޭއިރު ސިޔާސީ ޝުއޫރުތައް ފާޅުކުރުމާއި ވަކި ފަރާތަކަށް ތާއީދުކުރާކަން އަންގައިދޭ ނިޝާންތައް ބޭނުންކުރުމުގެ އެކަށީގެންވާ މިންވަރާމެދު ވިސްނުމަށް ސްކޫލްތަކަށް އިރުޝާދު ދޭނެ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ޔަހޫދީންނާ ދެކޮޅުވެރިކަން މާނަކުރުމުގައި ’އިންޓަރނޭޝަނަލް ހޮލޮކޯސްޓް ރިމެމްބަރެންސް އެލަޔަންސް‘ ގެ މިންގަނޑުތައް ބޭނުންކުރުމަށްވެސް މި ރިޕޯޓުގައި ލަފާދޭނެ އެވެ.

މި ރިޕޯޓުން ހާމަވާގޮތުގައި ކޮންމެ ފަސް ޔަހޫދީ ދަރިވަރަކުން ތިން ދަރިވަރަކީ ސްކޫލް މާހައުލުގައި ތަފާތުކުރުންތަކާއި ކުރިމަތިލާންޖެހިފައިވާ ކުދިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނަށް ތާއީދުކުރާކަން ރަމްޒުކޮށްދޭ ބެޖުތަކާއި ކަރާގެ ނިޝާން ހިމެނޭ ތަކެތި ބޭނުންނުކުރުމަށް މުދައްރިސުންނަށް އެންގުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް، ހުރިހާ ބެޖެއް އެއްކޮށް މަނާކުރުމަށް މި ރިޕޯޓުގައި ލަފާދީފައެއް ނުވެ އެވެ.

މީގެއިތުރުން އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގައި ދަރިވަރުންނަށް މައުލޫމާތު ދިނުމުގައި ގެންގުޅެންޖެހޭ ވަކިފަރާތަކަށް ނުޖެހުމުގެ އުސޫލުތައް ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް ފޯ އެޑިއުކޭޝަނަށް މި ރިޕޯޓުގައި ގޮވާލާނެ އެވެ.

ޣައްޒާގައި އިޒްރޭލުން ގަތުލުއާންމު ހިންގަން ފެށިފަހުން ފަލަސްތީނަށް ތާއީދުކުރާ ބެޖާއި ސްޓިކާ ބޭނުންކުރުމުގެ ސަބަބުން ހަރުކަށި ފިކުރު ހުއްޓުވުމަށް ހިންގާ ’ޕްރިވެންޓް‘ ޕްރޮގްރާމަށް ރިޕޯޓުކުރާ ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް ފާހަގަކުރެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.