ރާއްޖޭގެ ފަސްޓްލޭޑީ ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީ އަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިިޓީ އަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެ އޮތޯރިޓީއަށް އެކަމަނާ ޒިޔާރަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. އެކަމަނާ ވަނީ، ޕާކިސްތާނުގެ ސިއްޙީ ދާއިރާގެ އެންމެ މައި އިދާރާ ކަމަށްވާ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓަށްވެސް ޒިޔާރަތް ކުރައްވާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތްތައް ބައްލަވައިލައްވައި އެ ޤައުމުން ބޭސް ރެގިއުލޭޓް ކުރާގޮތް ބައްލަވާލައްވާފައެވެ. އަދި އާންމު ސިއްޙަތު ކުރިއެރުވުމާ ގުޅޭގޮތުން މި ޒިޔާރަތުގައި ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަކީ، 2012 ވަނަ އަހަރުގެ ޑްރެޕް ޤާނޫނުގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު އިދާރާއެކެވެ.

އިސްލާމްއާބާދުގައި ހުންނަ މި އިދާރާއަކީ، ޕާކިސްތާނުގައި ބޭނުންކުރާ ބޭހާއި، މެޑިކަލް ވަސީލަތްތަކާއި، ޑޮކްޓަރީ ފަރުވާގެ އިތުރަށް އެ ޤައުމުގައި ދޭ ފަރުވާތަކާއި އެ ފަރުވާތައް ދިނުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ބަލަހައްޓާ އިދާރާއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.