ލިޔެކިޔުންތަކެއް ހާމަކުރުމަށް އިންފަންޓީނޯއަށް ޔޫއެފާއިން ދެ ހަފުތާގެ މުހުލަތެއް ދީފި

މުހިންމު ލިޔެކިޔުންތަކެއް ހާމަކުރުމަށް އިންފަންޓީނޯއަށް ޔޫއެފާއިން ދެ ހަފުތާގެ މުހުލަތެއް ދީފި އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ފީފާއަށް އަންގާފައިވަނީ، އެ އިދާރާ ހިންގުމާއި ނިންމުންތައް ނިންމުމާ ގުޅޭ މުހިންމު ލިޔެކިޔުންތައް ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ކުރިން ހާމަކުރަންޖެހޭނެ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުންސިލްގެ ބައްދަލުވުމުގައި ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވޯލްޑް ކަޕްގެ ވިޔަފާރީގެ މަޝްރޫއާ ގުޅޭގޮތުން މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، އެ ހުށަހެޅުމާ ގުޅޭ ލިޔެކިޔުންތައް ހާމަކުރައްވާފައެއްނުވެ އެވެ.

ބީބީސީ ސްޕޯޓްސްއަށް ފެނިފައިވާ ސިޓީއެއްގައި ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީ ތިއޮޑޯ ތިއޮޑޮރިޑިސް ވިދާޅުވީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ”އަސާސީ ގިނަ ސުވާލުތަކަކަށް“ ޖަވާބުދާރީވެފައިނުވާ ކަމަށެވެ.

އެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ އެއްވެސް މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހާމަކުރުމަށް އިޢުތިރާޒުކުރާނަމަ އެކަން ކުރަނީ ކޮން ސަބަބަކާ ހުރެކަން ވަކިވަކިން ބަޔާންކޮށް ސާފު ސަބަބުތަކެއް ދައްކަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޔޫއެފާއިން ވަނީ އަށް ސަފުހާގެ ލިޔުމެއް ފޮނުވާފަ އެވެ. އޭގައި ’ފީފާ ފޯވާޑް އެންޓަޕްރައިޒް‘ ޕްރައިވެޓް އިންވެސްޓްމަންޓް ހުށަހެޅުމާއި، ’ފީފާ ޕީސް ޕްރައިޒް‘ އަދި ފޮލަރިން ބަލޯގަންއަށް ދީފައިވާ ސަސްޕެންޝަނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.