ހެނދުނު ނާސްތާގައި ފޮނި އެއްޗެހި ގިނަވީމަ ހަށިގަނޑަށް ވަނީ ކިހިނެތް؟

ހެނދުނުގެ ނާސްތާގައި ފޮނި އެއްޗެހި ނުވަތަ ހަކުރު ގިނައިން އެކުލެވޭ ތަކެތި ކެއުމުން ހަށިގަނޑަށް ވަނީ ކިހިނެއް؟

ހަކުރު ގިނައިން ހުންނަ ތަކެތި ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް ވަރަށް ބޮޑަށް މައްޗަށް ދެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް މާގިނަ އިރުތަކެއް ނުވެ މި މިންވަރު ވަރަށް ބާރަށް ދަށަށް ދެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވަރަށް އަވަހަށް ބަނޑުހައިވާން ފަށަ އެވެ.

މިގޮތަށް މުޅި ދުވަހު މިކަން ތަކުރާރުވަމުންދެ އެވެ. އަދި އިތުރަށް ފޮނި ތަކެތި ކެއުމަށް ހިތް އެދެން ފަށަ އެވެ.

ހަކުރުގެ ސަބަބުން ސިކުނޑީގައި އުފާވެރިކަން އިހުސާސްކޮށްދޭ މާއްދާއެއް ކަމަށްވާ ”ޑޯޕަމިން“ އުފައްދަ އެވެ.

މި އުފާވެރި އިހުސާސް އަލުން ހޯދުމަށްޓަކައި އިތުރަށް ފޮނި ތަކެތި ކެއުމަށް ސިކުނޑި ބާރުއަޅަ އެވެ.

މިކަން ހައްލުކުރާނީ ކިހިނެއް؟
ހެނދުނުގެ ނާސްތާގައި ޕްރޮޓީން އަދި ސިއްހަތަށް ފައިދާހުރި ފެޓްސް (ސަރުބީ) އަދި ފައިބަރ ހިމެނޭ ތަކެތި ބޭނުންކުރާށެވެ. މިސާލަކަށް: ބިސް، އެކި ބާވަތްތަކުގެ ނަޓްސް (މަދު)، ނުވަތަ ޗިއާ ސީޑްސް ހިމަނައިގެން ތައްޔާރުކޮށްފައިވާ އޯޓްސް ފަދަ ތަކެތި ހިމެނިދާނެ އެވެ.

މިފަދަ ތަކެތީގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެއެވެ. އަދި މާ އަވަހަށް ބަނޑުހައިވިޔަނުދީ، ގިނައިރު ވަންދެން ބަނޑު ފުރިފައި ހުރި ކަމުގެ އިހުސާސް ކޮށްދެ އެވެ.

ބަނޑުހައިވާ މިންވަރު މަދުވުމުން ސިއްހަތަށް ގެއްލުންދޭ ނޭދެވޭ ކާނާއަށް އޮންނަ ޝައުގުވެރިކަން ވެސް ކުޑަވެގެންދެއެވެ.

މަޢުލޫމާތު ދެއްވީ: Personal Trainer Ali Shameem – Weight Loss & Fitness Coach

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.