މިއަދު ހަނުހުރުމަކީ އަނިޔާވެރިކަމަށް ތާއީދުކުރުން – ކޯޗު ޕެޕް ގާޑިއޯލާ

މަޝްހޫރު ފުޓްބޯޅަ ކޯޗު ޕެޕް ގާޑިއޯލާ، އަންރުވާ ސްޕެއިންއާ ގުޅިގެން ނެރުނު ވީޑިއޯ މެސެޖެއްގައި، ފަލަސްތީނާ އެކު ސާބިތުކަމާއެކު ތިބުމަށާއި، ގާޒާއަށް ކުރިމަތިވެފައިވާ އަސްކަރީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ދުނިޔެއަށް ގޮވާލައިފި އެވެ.

އދ. ގެ އެޖެންސީން އާންމުކުރި މި ވީޑިއޯގައި ގާޑިއޯލާ ވަނީ އިންސާނިއްޔަތުކަން ގެއްލޭ ފަދަ ބަސްމަގު ބޭނުންކުރުން ހުއްޓާލައި މި ހަނގުރާމައިގައި ލިބެމުންދާ ގެއްލުންތަކުގެ ޙަޤީޤީ ނަމުން މުޚާތަބުކުރުމަށް ބާރުއަޅާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”އެއީ ހަމައެކަނި މަރުވެފައިވާ ބައެއް ނޫން، އެއީ ގަތުލުކޮށްފައިވާ ބައެއް. އެއީ ހަމައެކަނި އަދަދުތަކެއް ނޫން،، އެއީ ’ކޮލެޓަރަލް ޑެމޭޖް‘ އެއް ނޫން. އެއީ ކުޑަކުދިން. ކަންކަމުގެ ޙަޤީޤީ ނަމުން މުޚާތަބުކުރުން ހުއްޓާލައި ތަދުތައް ފޮރުވައިދޭ ބަސްމަގެއް ގަބޫލުކުރަން ފެށުމުން، އަހަރެމެންގެ އިންސާނިއްޔަތުކަން ގެއްލެން ފަށާ.“ ގާޑިއޯލާ

ގާޒާގެ އާންމުން އުފުލަމުންދާ ބޮޑެތި ތަކުލީފުތަކަށް އަލިއަޅުވާލަމުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން މައިންބަފައިން ހޯދަމުންދާ ކުދިންނާއި ބަނޑުހައިހޫނުކަމާއި ގެދޮރު ގެއްލުމުގެ ހިތްދަތިކަން ގާޑިއޯލާ ސިފަކޮށްދެއްވި އެވެ.

އިސްރާއީލް ސަރުކާރުން ހިންގަމުންދާ އަމަލުތައް އޭނާ ކުށްވެރިކުރެއްވިނއެވެ. އެގޮތުން ގާޒާގައި 74,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމާއި އިންސާނީ އެހީއަށް ހުރަސްއެޅުމާއި ހުޅަނގު އައްސޭރީގައި ގެދޮރު ސުންނާފަތިކޮށް މީހުން މަޖުބޫރުން ބޭރުކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ ހިތްދަތިކަމަކީ އާ ކަމެއް ނޫންކަން ފާހަގަކުރައްވައި މިލިއަނުން ފަލަސްތީނުގެ ރަައްޔިތުން އެތައް އަހަރެއް ވަންދެން ވަޒަނުން ބޭރުކޮށް ލިބެމުންދާ ގެއްލުންތަކާއި އަނިޔާތަކާއެކުވެސް ދައްކަމުންދާ ހިތްވަރަށް އޭނާ ތައުރީފުކުރެއްވި އެވެ.

”އެއްވެސް ބަޔަކު އެމީހުންގެ މުޅި އުމުރު ހޭދަކުރަންޖެހޭނީ ތަހައްމަލުކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމަކު ނޫން، އަދި އެއްވެސް ކުއްޖަކު ދިރިއުޅެން ދަސްކުރުމުގެ ކުރިން، ސަލާމަތްވެގެން ހުންނަން ދަސްކުރަންޖެހޭ ފަދަ މާހައުލެއްގައި ބޮޑުވެގެން ނުވާނެ.“ ގާޑިއޯލާ

އަންރުވާ އިން އަދާކުރާ މުހިންމު ދައުރަށް ތައުރީފުކުރައްވަމުން އެ އެޖެންސީން ފަލަސްތީނުގެ ރައްޔިތުންނަށް ސިއްހީ އެހީތެރިކަމާއި ތައުލީމާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާތާ 75 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މިފަދަ ބޮޑު ބިރުވެރިކަމެއްގެ ކުރިމަތީގައި އަދި އެހީއަށް ހުރަސްއަޅަމުންދާ ދަނޑިވަޅެއްގައި ހަނުހުރުމުގެ ނުރައްކަލާ މެދު އޭނާ އިންޒާރު ދެއްވި އެވެ.

”މިއަދު ހަނުހުރުމަކީ އަނިޔާވެރިކަމަށް ތާއީދުކުރުން ފަދަ ކަމެއް. އަހަރެމެންނަށް މި މަންޒަރުތަކަށް ފުރަގަސްދީގެން ނުތިބެވޭނެ، ފަލަސްތީނަކީ މުހިންމު ބައެއް، އެ ގައުމަށް އިންސާފާއި ސުލްހަ ބޭނުންވޭ. އެންމެ ބޮޑަށް އެހީ ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށްޓަކައި، ކުޅަދާނަވީ މިންވަރަކުން އަންރުވާއަށް އެހީތެރިކަން ފޯރުކޮށްދެއްވާ.“ ގާޑިއޯލާގެ މެސެޖު ނިންމާލަމުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.