ސަޢޫދީ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ދެ މީހުން މަރުވެއްޖެ

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ ސަޢޫދީ ޢަރަބިއްޔާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އޭގައި ތިބި ދެ މީހުން މަރުވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން ރިޔާޟްގެ މަޝްހޫރު ކިންގްޑަމް ސެންޓަރުގެ އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔަމަނުގައި ހިނގަމުންދާ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެ ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިސްރުން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ފުރިހަމަ އެއްބާރުލުން ދޭނޭކަމަށް ބުނެފަ އެވެ.

ސަޢޫދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި ނަޖްރާން ސަރަހައްދަށް ވެއްޓުނު ހެލިކޮޕްޓަރުގައި ތިބި ދެ ފަޅުވެރިން ވަނީ މަރުވެފަ އެވެ. ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ އާދީއްތަ ދުވަހު ވިދާޅުވީ އޭއެޗް-6އައި މަރުކާގެ މި ހެލިކޮޕްޓަރު ވެއްޓުނީ ފަންނީ މައްސަލައެއް ދިމާވެގެން ކަމަށެވެ.

ނަމަވެސް ހޫތީން ނުވަތަ އަންސާރުﷲ ޖަމާއަތުން މިކަމާ ގުޅޭގޮތުން ދެނީ ތަފާތު މައުލޫމާތެކެވެ. އެ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވި ގޮތުގައި، ސަޢޫދީގެ އަޕާޗޭ ހެލިކޮޕްޓަރެއް ހޫތީން ވައްޓާލާފައިވަނީ ބޯޑަރު ސަރަހައްދުގައި ހޫތީންގެ މަގާމުތަކަށް ހަމަލާދެމުން ދަނިކޮށެވެ.

މި ހަމަލާތަކާ ގުޅިގެން ރިޔާޟްގެ ކިންގްޑަމް ސެންޓަރުގެ މެނޭޖްމަންޓުން ވަނީ ވަކި ގޮތެއް އަންގަންދެން އޮފީސް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އަންގާފަ އެވެ.

އިންޓަނޭޝަނަލް ބޮޑެތި އިދާރާތަކާއި ކުންފުނިތަކުގެ އޮފީސްތައް ހިންގާ 99 ބުރީގެ މި އުސް އިމާރާތުގެ އޮފީސް ބައި ބަންދުކުރި ނަމަވެސް އެތަނުގެ ލަގްޒަރީ ޝޮޕިންގް ސެންޓަރު އަދިވެސް ހުޅުވިފައި ހުރިކަމަށް މައުލޫމާތު ލިބެ އެވެ.

ޔަމަނުގެ ވެރިރަށް ސަންޢާގެ އިރުމަތީގައިވާ އަލް-ޖައުފް ޕްރޮވިންސާއި މާރިބް އަދި ތާއިޒް ސަރަހައްދުގައި ހޫތީންނާއި ސަޢޫދީ ކޯލިޝަނާ ދެމެދު ދަނީ ވަރުގަދައަށް ހަމަލާ ބަދަލުކުރަމުންނެވެ.

މި ދަނޑިވަޅުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވަނީ ސަޢޫދީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަޢޫދީން އެދިއްޖެ ހާލަތެއްގައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދައަށް އެދިވަޑައިގެން މިސްރުގެ ޤާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

ދިގު މުއްދަތެއްގެ ހިމޭންކަމަށްފަހު މިދިޔަ ޖުލައި މަހުން ފެށިގެން މި ހަނގުރާމަ އަލުން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމާއަތުން ހާމަކުރާ ގޮތުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން އޮކްޓޫބަރު 16 ގެ ނިޔަލަށް 1,282 މީހުން ވަނީ މަރުވެފަ އެވެ. އަދި ސަޢޫދީން ބުނާ ގޮތުގައި އެ ޤައުމުން 19 މީހަކު މަރުވެ 364 މީހަކު ވަނީ ޒަހަމްވެފަ އެވެ.

މީގެ އިތުރުން އޮގަސްޓް މަހުން ފެށިގެން ޔަމަނުގެ 230,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ހާލުގައި ޖެހިފައިވާ ކަމަށް ބައިނަލްއަޤްވާމީ ހިޖުރަވެރިންނާ ބެހޭ ޖަމާއަތުން ރިޕޯޓުކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.