ޢަބްދުލް އަލް-ސައްޔިދު އަކީ ”ހަރުކަށި މުސްލިމެއް“ ޓްރަމްޕް

ޢަބްދުލް އަލް-ސައްޔިދު އަކީ ”ހަރުކަށި މުސްލިމެއް“ ކަމަށް ތުހުމަތުކޮށް އޭނާއަށް ވޯޓު ނުދިނުމަށް ޓްރަމްޕް ގޮވާލައިފި އެވެ.

ޑޮނަލްޑް ޓްރަމްޕް އޯވަލް އޮފީހުގައި ރެކޯޑްކޮށް އޭނާގެ ’ޓްރޫތް ސޯޝަލް‘ ޕްލެޓްފޯމްގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި މިޝިގަންގެ ރައްޔިތުންނާ މުހާތަބުކޮށް ޑިމޮކްރެޓިކް ޕާޓީގެ ސެނެޓް ކެންޑިޑޭޓް ޑރ. ޢަބްދުލް އަލް-ސައްޔިދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އޭނާގެ ބަދަލުގައި ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ވޯޓު ދިނުމަށް ޓްރަމްޕް ވަނީ އިލްތިމާސްކޮށްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މެސެޖުގައި ޓްރަމްޕް ވަނީ ޢަބްދުލް އަލް-ސައްޔިދުގެ އަސްލު ނަމުގެ ބަދަލުގައި މަލާމާތްކުރުމުގެ ގޮތުން ތަކުރާރުކޮށް ”މުހައްމަދު“ ގެ ނަމުން އޭނާއަށް މުހާތަބުކުރައްވާފަ އެވެ.

މިއީ މުސްލިމުންނާ މެދު އޮންނަ ނުރަނގަޅު ތަސައްވުރެއްގެ ތެރެއިން ހުރިހާ މުސްލިމުންނަކީ އެއްގޮތް ބައެއްގެ ގޮތުގައި ދެއްކުމަށް ބޭނުންކުރާ އުކުޅެކެވެ.

އަލް-ސައްޔިދު އެކަން ދޮގުކުރައްވާފައިވީ ނަމަވެސް އޭނާގެ މާޒީގައި ކޮށްފައިވާ މުއާމަލާތްތަކުން ހަރުކަށި ޖަމާއަތްތަކާ ގުޅުން އޮތްކަން ހާމަވާ ކަމަށް ބުނެ ޑިމޮކްރެޓިކް ކެންޑިޑޭޓަށް ތާއީދު ނުކުރުމަށް ޓްރަމްޕް މިޝިގަންގެ ވޯޓުލާ ފަރާތްތަކަށް އިންޒާރުދީފައިވެ އެވެ.

”މިޝިގަންގެ ރައްޔިތުންނަށް ބުނެލަން އޮތީ ’މުހައްމަދު‘ އަލް-ސައްޔިދަކީ ނުރައްކާތެރި މީހެއް،“ ވާހަކަދަމުން ޓްރަމްޕް ފާހަގަކުރި އެވެ.

”އޭނާއަކީ ހަރުކަށި މުސްލިމެއް، އޭނާ ދެކޮޅު ހެދި ނަމަވެސް އޭނާއަކީ މުސްލިމް ބްރަދަހުޑްގެ މެންބަރެއް. އެކަން ޔަގީންކުރުމަށް އޭނާގެ މާޒީގެ މުއާމަލާތްތަކަށް ބަލާލުމުން ފުދޭނެ.“ ޓްރަމްޕް

ޓްރަމްޕް އިތުރަށް ބުނި ގޮތުގައި، އެމެރިކާގެ ސެނެޓަށް މިފަދަ ބޭފުޅަކު އިންތިޚާބުކޮށްގެން ގައުމަށް ނުރައްކަލެއް ކުރިމަތިކުރުވުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ.

މި ވީޑިއޯގައި ޓްރަމްޕް ވަނީ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރުމަށް އެދިފަ އެވެ. އަދި ރޮޖާސްއަކީ ސަރުކާރުގެ ސިޔާސަތުތަކަށް ވަފާތެރި ބޭފުޅެއް ކަމަށް ބުނެ، އަލް-ސައްޔިދަކީ ގައުމީ މަސްލަހަތާ ދެކޮޅަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި ސިފަކުރި އެވެ.

”އަހަރެމެންގެ އަތުގައި އެބަހުރި ވަރަށް ގާބިލް ބޭފުޅެއް، އެއީ މައިކް ރޮޖާސް، އޭނާ ބޭނުންވަނީ އެމެރިކާ އަލުން ވަރުގަދަ ކުރަން. އެކަމަކު ’މުހައްމަދު‘ ބޭނުންވަނީ މީގެ ދެ އަހަރު ކުރިން އޮތް ފަދަ ބިރުވެރި ހާލަތަކަށް ގައުމު ވައްޓާލަން.“ ޓްރަމްޕް

މިޑްޓާމް އިންތިޚާބުގެ ކުރިން ގައުމުގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ވަނީ، އޭނާގެ ވެރިކަމުގައި ގައުމު އޮތް ދަތި ހާލަތުން އަރައިގަނެ، ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ދައުވާކޮށްފަ އެވެ.

”ކުރިން އަހަރެމެން ތިބީ އަނދިރި ދުވަސްތަކެއްގައި، އެކަމަކު މިހާރު މިއީ އެމެރިކާގެ ރަންޒަމާން، މިގޮތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީ. ’މުހައްމަދު‘ އަލް-ސައްޔިދަށް ވޯޓު ނުދީ، އޭނާއަކީ އަހަރެމެންނާ އެއްކޮޅު މީހެއް ނޫން، އޭނާ މި ގައުމުދެކެ ލޯތްބެއް ނުވޭ.“ ޓްރަމްޕް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.