ދުރުގާ ޕޫޖާ ފެސްޓިވަލްގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް

ދުރުގާ ޕޫޖާ ފެސްޓިވަލްގެ ތެރޭގައި ފިތިބާރުވުމުގެ ސަބަބުން ބައެއް އާއިލާތަކުން އެކަކަށްވުރެ ގިނަ މެންބަރުން ނިޔާވެފައިވާ ކަމަށާއި، މީގެ ތެރޭގައި ބިހާރަށް ނިސްބަތްވާ ދެ މީހަކު ހިމެނޭ ކަމަށް ޗީފް މިނިސްޓަރު ސުވެންދު އަދިކާރީ ވިދާޅުވެއްޖެ އެވެ.

ކޮލްކަޓާގައި ބޭއްވި މި ފެސްޓިވަލްގައި ހިނގި ހިތާމަވެރި ހާދިސާގައި މިހާތަނަށް 19 މީހުން މަރުވެފައިވާއިރު މިކަން ތަޙްޤީޤް ކުރުމަށްޓަކައި ކަލްކަޓާ ހައިކޯޓުގެ ފަނޑިޔާރަކު އިސްކޮށް ހުންނަވާ ހާއްސަ އިންވެސްޓިގޭޝަން ޓީމެއް އެކުލަވައިލުމަށް ހުޅަނގު ބެންގާލް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހާދިސާއާ ގުޅިގެން މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ނިޔާވި މީހުންގެ ތެރޭގައި ބިހާރުގެ މުޒައްފަރްޕޫރަށް ނިސްބަތްވާ ދެމީހަކު ހިމެނޭކަން ފާހަގަކުރައްވަމުން ޗީފް މިނިސްޓަރު ވިދާޅުވީ، ބައެއް އާއިލާތަކުން އެކަކަށްވުރެ ގިނަ މެންބަރުން މި ހާދިސާގައި ވަކިވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 7:30 އެހާކަންހާއިރު އުތުރު ކޮލްކަޓާގެ ކޮރް ބަގާން ސަރަހައްދުގަ އެވެ.

މިއީ މި ފެސްޓިވަލް ބާއްވާ އެންމެ މަގުބޫލު އެއް ސަރަހައްދަށްވާއިރު ހާދިސާ ހިނގީ ވާރޭވެހި މަގުތައް ކައްސާލާ ގޮތަށް އޮއްވައި ހަނި ގޯޅިއެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ބާރުބާރުލާފައި ދިއުމުގެ ތެރޭގަ އެވެ.

މި ހާދިސާގައި މަދުވެގެން 25 މީހުންނަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިވެންޓް އިންތިޒާމުކުރި ފަރާތްތަކާއި ސެކިއުރިޓީ އޭޖެންސީގެ މީހުންގެ އިތުރުން އިވެންޓް މެނޭޖްމަންޓް ކުންފުނީގެ މީހުން ހިމެނެ އެވެ.

”މަރުވި މީހުންގެ އަދަދު މިހާރު ވަނީ 19 އަށް އަރާފައި. ފުރަތަމަ ކަލްކަޓާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުން 17 މީހަކު މަރުވެފައިވާ ކަމަށް ކަނޑައެޅި. އޭގެ ފަހުން އާރް.ޖީ ކަރް މެޑިކަލް ކޮލެޖްގައި ކުޑަކުއްޖަކު ނިޔާވި. އަދި އަމިއްލަ ހޮސްޕިޓަލަކަށް ގެންދިޔަ މަގުމަތީގައި އަންހެނަކުވެސް ވަނީ މަރުވެފައި. އަޅުގަނޑު މިހާރު ވާނީ ނިޔާވި 12 ނުވަތަ 13 އާއިލާއެއްގެ މެންބަރުންނާ ބައްދަލުކޮށް ވާހަކަދައްކާފައި،“ އަދިކާރީ ނޫސްވެރިންނަށް މައުލޫމާތުދެއްވި އެވެ.

ޗީފް މިނިސްޓަރު އިތުރަށް ވިދާޅުވީ މި ހަރަކާތް ބޭއްވުމަށް ކޮލްކަޓާ ޕޮލިހާއި ފަޔަރު ބްރިގޭޑް އަދި މުނިސިޕަލް ކޯޕަރޭޝަނުން ހުއްދަ ނަގާފައިވާތީ މިކަމުގައި އިހުމާލެއް ވެފައިވޭތޯ ބެލުމަށް ފަނޑިޔާރަކު އިސްކޮށް ހުންނަވާ ޓީމަކުން ތަޙްޤީޤް ކުރުން މުހިންމު ކަމަށެވެ.

އެގޮތުން މި ތަހުގީގު ޓީމު އިސްކޮށް ހިންގުމަށް ހައިކޯޓުގެ ފަނޑިޔާރަކު ހަމަޖައްސަވައިދެއްވުމަށް އެދި އުއްތަމަ ފަނޑިޔާރަށް ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.