ޞަލާޙްގެ ހެޓްރިކާއެކު ގަލަތަސާރާއީ ބަލިކޮށްފި

ތުރުކީ ލީގުގައި މުޙައްމަދު ޞަލާޙް ކާމިޔާބުކުރި ހެޓްރިކާއެކު، ޓްރެބްޒޮންސްޕޯއިން ގަލަތަސާރާއީ ބަލިކޮށްފި އެވެ.

ތުރުކީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ގަލަތަސާރާއީއާ ދެކޮޅަށް ކުޅުނު މެޗުގައި މުޙައްމަދު ޞަލާޙް ކާމިޔާބުކުރި ތިން ލަނޑާއި، އޭނާ ދިން ފުރުޞަތެއްގައި ޖެހި ލަނޑާއެކު 4-0 ގެ ނަތީޖާއަކުން ޓްރެބްޒޮންސްޕޯ މޮޅުވެއްޖެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސީޒަނުގެ ތުރުކީ ސުޕަ ލީގުގައި ގަލަތަސާރާއީ ބަލިވި ފުރަތަމަ މެޗުގައި، ޞަލާޙް ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން އެސިސްޓެއްވެސް ކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓުގައި ޞަލާޙް ވަނީ މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް ވަރަށް ހަމަޖެހިލައިގެން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގައިދީފަ އެވެ.

އޭގެފަހުން މެޗުގެ 39 ވަނަ މިނެޓުގައި ޞަލާޙް ތަނަވަސްކޮށްދިން ފުރުޞަތެއްގައި ނޯއާ ސާވިއޯލޯ ވަނީ އޭރިއާ ތެރެއިން ލަނޑެއް ޖަހައި ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

މެޗުގެ 44 ވަނަ މިނެޓުގައި ފްރެންކުލީނޯ ޖޫ ތަނަވަސްކޮށްދިން ފުރުޞަތަކުން ޞަލާޙް ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ 3-0 އަށް ބަދަލުކޮށްލާފަ އެވެ.

މެޗުގެ 80 ވަނަ މިނެޓުގައި، ދަނޑުގެ ބޮޑު ސަރަޙައްދެއްގައި އެއްވެސް ހުރަހެއް ނެތި ބޯޅަ ހިފައިގެން ގޮސް، އޭނާގެ ޢާންމު ހުނަރުވެރިކަމާއެކު ޞަލާޙް ވަނީ ތިންވަނަ ލަނޑު ޖަހައި ހެޓްރިކްހަދާފަ އެވެ.

މިދިޔަ މަހު ޓްރެބްޒޮންސްޕޯއާ ގުޅުނު މިޞްރުގެ ތަރި ވަނީ މި ސީޒަނުގެ ލީގުގައި ކުޅުނު 6 މެޗުން 7 ލަނޑު ކާމިޔާބުކޮށް، 2 އެސިސްޓް ހަދާފަ އެވެ.

މި މެޗުގެ 71 ވަނަ މިނެޓުގައި ގަލަތަސާރާއީގެ ކޯޗު އޯކާން ބުރުކް ބެންޗުން ފޮނުވާލާފައިވާއިރު، 87 ވަނަ މިނެޓުގައި އެ ޓީމުގެ ލެސްލީ އުގޯޗުކްވޫއަށް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ.

މި މަހުގެ ކުރީކޮޅު ފާތިހް ތެކޭ މަގާމުން ވަކިވުމާ ގުޅިގެން، ޓްރެބްޒޮންސްޕޯގެ ކޯޗުކަމާ މި ހަފުތާގައި ހަވާލުވީ ޖަރުމަނުގެ ތޯމަސް ރައިސް އެވެ.

މި މޮޅާއެކު 6 މެޗުން 10 ޕޮއިންޓް ހޯދައިގެން ޓްރެބްޒޮންސްޕޯ ތާވަލުގެ ފަސްވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތް ގަލަތަސާރާއީއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.