ހޫޘީންގެ ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ސަޢޫދީ ކޯލިޝަނުން ހާމަކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟާއި ޔަންބޫއަށް ހަމަލާތަކެއް ދީފައިވާނޭކަމަށް ހޫޘީން ބުނަމުންދާއިރު، އެ ހަމަލާތައް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ސަޢޫދީ ކޯލިޝަނުން ހާމަކޮށްފި އެވެ.

ކޯލިޝަނުން ބުނި ގޮތުގައި، ހޫޘީން ފޮނުވާލި މިސައިލްތައް ރިޔާޟާ ހަމައަށް ފޯރުމުގެ ކުރިން ވައިގެ ދިފާޢީ ނިޒާމުން ވަނީ ހުއްޓުވާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަމަލާތަކާ ގުޅިގެން ތުރުކީން ވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ސައުދީ އަރަބިއްޔާ ދަމައިނުގަތުމަށް އިންޒާރު ދީފައެވެ.

ހޫޘީން ހަމަލާތަކުގެ ޒިންމާ އުފުލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ސައުދީ ކޯލިޝަނުން ބުނެފައިވަނީ ރިޔާޟަށް އަމާޒުކޮށް ފޮނުވާލި މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ.

ޔަމަނުގެ ހޫޘީން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ރިޔާޟުގެ ”ނާޒުކު“ ސަރަހައްދުތަކަކަށާއި، އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޔަންބޫގައި ހުންނަ އަރަމްކޯގެ ވަސީލަތްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ވަނީ ދީފަ އެވެ.

ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް މާލިކީ ވިދާޅުވީ، ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށެވެ.

އަދި ތާއިފް، ބައިޝް، ފަރަސާން އަދި ޔަންބޫއަށް އަމާޒުކޮށް ދޭން އުޅުނު އެކި ހަމަލާތައްވެސް އަމާޒަށް ފޯރުމުގެ ކުރިން ނާކާމިޔާބުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޢާންމުންނާއި ޢާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހޫޘީން ދޭ ހަމަލާތައް އިތުރުކުރަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން މާލިކީ ވިދާޅުވީ، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުގެ ދަށުން އެ ޖަމާޢަތާ ދެކޮޅަށް ”އެކަށީގެންވާ ފިޔަވަޅު“ އެޅުމުގެ އިޚުތިޔާރު ކޯލިޝަނަށް ލިބިގެންވާ ކަމަށެވެ.

ހޫޘީންނާއެކު ހިނގަމުންދާ މި ހަނގުރާމައިގެ ތެރޭގައި ފުރަތަމަ ފަހަރަށް ސަޢޫދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހެނދުނުގެ ވަޤުތެއްގައި ރައްޔިތުން ރައްކާތެރިކަމާއެކު ގޭތެރޭގައި ތިބުމަށް އިރުޝާދުދީ އެލާޓް ނެރެފަ އެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، ރިޔާޟުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އެ ސިޓީގައި ދިރިއުޅޭ ބައެއް މީހުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.