
ބީ.އެމް.އެލް އާއި އެސް-އޯ މޯލްޑިވްސް ޕާޓްނާޝިޕެއް ޤާއިމުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯ މޯލްޑިވްސް) ގުޅިގެން ރަސްމީ ޕާޓްނަރޝިޕެއް ގާއިމުކޮށްފި އެވެ.
މި ޕާޓްނަރޝިޕްގެ ބޭނުމަކީ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބޭ، އެކުވެރި މުޖުތަމައެއް ބިނާކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް ވަނީ އެތުލީޓުންގެ ތަމްރީން ޕްރޮގްރާމްތަކާއި، ސިއްހީ ހަރަކާތްތަކާއި، ޒުވާނުން ބާރުވެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކަށް ޚާއްޞަ ވެލްނެސް ހަރަކާތްތަކަށް ތާއީދުކުރުމަށް އެއްބަސްވެފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލްއާ ގުޅިފައިވާ އެސްއޯ މޯލްޑިވްސް ވަނީ ގައުމީ އަދި އިންޓަނޭޝަނަލް ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.



