ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ހޭލުންތެރިވެ ރައްކާތެރިވަމާ

މިއަދުގެ ޑިޖިޓަލް ޒަމާނުގައި ރަސްމީ މުއާމަލާތްތައް ހިންގުމުގައި އީމެއިލަކީ އެންމެ އަސާސީ އެއް ވަސީލަތެވެ. އެހެންނަމަވެސް، މިއީ ކުށްވެރިން ނަހަމަ ގޮތުގައި އެކައުންޓުތަކަށް އެކްސެސްވުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް ގޮތްވެސް މެއެވެ. ވަކިން ހާއްސަކޮށް، ”ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒް“ (ބީ.އީ.ސީ) އަކީ މުޅި ދުނިޔޭގައި ވެސް މާލީ ސްކޭމް ހިންގުމަށާއި ފައިސާ ވަގަށްނެގުމަށް މިހާރު އެންމެ ގިނައިން ބޭނުންކުރަމުންދާ އެއް އުކުޅެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއީ ކިހިނެއް ހިނގާ ކަމެއް؟ކުށްވެރިން އީމެއިލް ފޮނުވާނީ ތިޔަބޭފުޅުން ދަންނަ، އިތުބާރުކުރެވޭ މީހަކަށް ވެގެންނެވެ. މިސާލަކަށް:

ސީ.އީ.އޯގެ ނަމުގައި، ”މިވަގުތު މީޓިންގްއެއްގައި މި އިނީ، ވަރަށް އަވަހަށް މުވައްޒަފުންނަށް ބަހަން 50 ގިފްޓް ކާޑު ގަނެލަދީފައި އޭގެ ސީރިއަލް ނަންބަރު ފޮނުވާލަދީބަލަ.“

ސަޕްލަޔަރުގެ ނަމުގައި: ”އަޅުގަނޑުމެންގެ ބެންކު އެކައުންޓަށް ބަދަލެއް އަތުވެއްޖެ. މީގެ ފަހުން ފައިސާ ޖަމާކުރަންވާނީ މި އެކައުންޓަށް.“

ލޯޔަރުގެ ނަމުގައި: ”ގޯތީގެ އެޑްވާންސް ފައިސާ ޓްރާންސްފަރ ކުރަންވީ މިހާރު މި އީމެއިލްގައިވާ އެކައުންޓަށް.“

މި ހުރިހާ މެސެޖުތަކަކީ ވެސް އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ފޭކް މެސެޖުތަކެއްކަން ހަނދާން ބަހައްޓަވާށެވެ.

 

ކުށްވެރިންގެ މަޅީގައި ނުޖެހުމަށްޓަކައި މި ކަންކަމަށް ސަމާލުވޭ

މައުލޫމާތު ހިއްސާކުރުމުގެ ކުރިން ވިސްނަވާ: ސޯޝަލް މީޑިއާގައި އަމިއްލަ މައުލޫމާތު (އުފަންދުވަސް، ގެންގުޅޭ ސިއްކަ، ކިޔެވި ސުކޫލު) ފަދަ މައުލޫމާތު ހާމަނުކުރައްވާށެވެ. މިއީ ޕާސްވޯޑް ’ގެސް‘ ކުރަން ކުށްވެރިން ބޭނުންކުރާ މައުލޫމާތެވެ.

ލިންކުތަކަށް ނުފިއްތަވާ: އެކައުންޓް ވެރިފައި ކުރަން ބުނެ ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކަށް ނުފިއްތަވާށެވެ. އޭގެ ބަދަލުގައި އެ ކުންފުންޏެއްގެ ރަސްމީ ނަންބަރަށް ގުޅައި ކަށަވަރުކުރައްވާށެވެ.

އީމެއިލް އެޑްރެސް ޗެކްކުރައްވާ: މިސާލަކަށް މި ދެއީމެއިލް ވަރަށް އެއްގޮތް ނަމަވެސް john.kelly@office.com އާއި john.kelley@office.com އާ ހުރި ތަފާތު ފާހަގަވޭތޯ ބައްލަވާށެވެ. ކުށްވެރިން ބޭނުންކުރާނީ ވަރަށް ކުޑަ ބަދަލެކެވެ.

ޑައުންލޯޑްކުރުމުގައި ސަމާލުވެލައްވާ: ނުދަންނަ މީހަކު ފޮނުވާ އެޓޭޗްމަންޓް އެއްވެސް ހާލެއްގައި ނުހުޅުވާށެވެ.

ހުރިހާ އެކައުންޓެއްގައި ’ޓޫ-ފެކްޓަރ އޮތެންޓިކޭޝަން‘ ހަދާފައި ބަހައްޓަވާށެވެ.

ދެވަނަ ފަހަރަށް ކަށަވަރުކުރައްވާ: ފައިސާގެ މުއާމަލާތެއް ނުވަތަ އެކައުންޓް ނަންބަރު ބަދަލުކުރަން ބުނެފިނަމަ، އެ ފޮނުވި ފަރާތަކަށް ފޯނުން ގުޅައި (އީމެއިލްގައިވާ ނަންބަރު ނޫން، ކުރިން ގުޅުމަށް ބޭނުންކުރި ނަންބަރަށް ގުޅައި) އެކަން ޔަގީންކުރައްވާށެވެ.

އަވަސްކޮށްނުލައްވާ: ”ވަރަށް އަވަސް“ ކަމަށް ބުނެ ޕްރެޝަރުކުރާނަމަ، އެއީ ސްކޭމެއް ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.

 

ކަމެއް ދިމާވެއްޖެނަމަ ހަދާނީ ކިހިނެއް؟

ލަސްނުކޮށް ބެންކަށް ގުޅައި ފައިސާ ހިފެހެއްޓޭތޯ މަސައްކަތް ކުރައްވާށެވެ. އަދި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 އަށް ގުޅުއްވައި އެކްސްޓޭންޝަން ނަންބަރު 2020 ޖައްސަވައި އަށް ރިޕޯޓުކުރައްވާށެވެ.

ހޭލުންތެރިވެ ތިބެ ރައްކާތެރިކަމާއެކު އީމެއިލް ބޭނުންކުރައްވާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.